ކ. މާލެ
|
22 ޖުލައި 2020 | ބުދަ 12:15
އެލްޖީއޭގެ ބޯޑުގެ ޖަލްސާއެއްގެ ތެރެއިން: މަދުވެގެން ހަފްތާއަކު އެއްފަހަރު ބޯޑުގެ ޖަލްސާއެެއް ބާއްވަންޖެހޭ
އެލްޖީއޭގެ ބޯޑުގެ ޖަލްސާއެއްގެ ތެރެއިން: މަދުވެގެން ހަފްތާއަކު އެއްފަހަރު ބޯޑުގެ ޖަލްސާއެެއް ބާއްވަންޖެހޭ
އެލްޖީއޭ
އެލްޖީއޭގެ ބޯޑު
އެލްޖީއޭ ބޯޑުގެ ރައީސް އުޒުރުވެރިވާ ހާލަތުގައި ނައިބު ރައީސަށް ވަގުތީ ބާރުތަކެއް ދެނީ
 
އެލްޖީއޭ ބޯޑުގެ ނައިބު ރައީސަކީ މުހައްމަދު މާހިރު އީސާ
 
އެލްޖީއޭގެ ބޯޑުގެ ރައީސަކީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އިމްރާން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ކާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅުއްވައި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސް އުޒުރުވެރިވާ ހާލަތުގައި އެބޯޑުގެ ނާއިބު ރައީސަށް ވަގުތީ ބާރުތަކެއް ލިބޭގޮތަށް ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި، އިސްލާހު ގެނައުމުގެ މި ބިލުގައި، މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ، އެލްޖީއޭ ބޯޑުގައި ރައީސާއި ނާއިބު ރައިސް ދައުރާއި، އެލްޖީއޭ ބޯޑުގެ ރިޔާސަތާއި އަދި އެލްޖީއޭ ބޯޑުގެ ޖަލްސާތަކާ ގުޅޭ ބައެއް ކަންކަމެވެ.

އެގޮތުން، އެލްޖީއޭ ބޯޑާ ގުޅޭގުތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް ހުންނަވާއިރު، އެފަރާތަކީ އެލްޖީއޭ ބޯޑުގެ ރައީސެވެ. ބޯޑުގެ ނައިބު ރައީސަކީ ބޯޑުގެ މެމްބަރުންގެ ތެރެއިން ބޯޑުން އިންތިހާބުކުރާ ފަރާތެކެވެ.

އެލްޖީއޭއާ ގުޅޭގޮތުން މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވެސް އެލްޖީއޭގެ ރައީސެވެ. އަދި އެލްޖީއޭގެ ބޯޑުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުލެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވާނީ ބޯޑުގެ ނައިބު ރައީސް ކަމަށް ފިރުޝާން ހުށަހަޅާފައިވާ އިސްލާހުގައި ވެއެވެ.

މީގެއިތުރުން، އެލްޖީއޭގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސް ކަމަށްބުނެފައި ވާއިރު، ރައީސަށް ހާޒިރުވެވެން ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނީ ނާއިބު ރައީސެވެ. އަދި ރައީސާއި ނާއިބު ރައީސްއަށް ހާޒިރުވެވެން ނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެ ޖަލްސާއަކަށް ހާޒިރުވި، ތިބި ބޯޑު މެމްބަރުންގެ ތެރެއިން ނަގާ ވޯޓަކުން ކަނޑައަޅާ ފަރާތެއްކަމަށް ބުނެފައި ވެއެވެ.

އެލްޖީއޭ ބޯޑުގެ ޖަލްސާއެއް މަދުވެގެން ހަފުތާއަކު އެއްފަހަރު ބާއްވަންވާނެ ކަމަށް ބުނެފައިވާއިރު، ޖަލްސާއެއް ބޭއްވިދާނެ ގޮތްތައް ކަނޑައަޅާފައި ވެއެވެ. އެގޮތުން، ބޯޑުގެ ރައީސް ޖަލްސާއަކަށް ގޮވާލުން، ބައްދަލުވުމެއް ބޭއްވުމަށް ބޯޑިން ނިންމުން އަދި ބޯޑުގެ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ތާއީދާއެކު ޖަލްސާއެއް ބާއްވަން އެދުން، ފިރުޝާން ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލްގައި ވެއެވެ.

ފިރުޝާން ހުށަހެޅުއްވި، އިދާރީ ދާއިރާތައް ކާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލަށް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ އިބްތިދާއީ ބަހުސްކުރުމަށް އެޖެންޑާ ކޮށްފައެވެ. އެބިލާ ގުޅިގެން ގިނަ މެމްބަރުން ބަހުސް ކުރެއްވިއިރު، ބައެއް މެމްބަރުން ވިދާޅުވެފައިވަނީ، އެލްޖީއޭއަކީ ސަރުކާރުގެ އިދާރާއެއް ނޫންކަމަށާއި، އެހެންކަމުން ކޮންމެހެން، އެލްޖީއޭ ބޯޑުގައި ވަޒީރުންގެ މަޖިލީހުގެ ވަޒީރަކު ހުންނަވަން ނުޖެހޭ ކަމަށެވެ.

އެލްޖީއޭ ބޯޑުގެ ރައީސަކީ، ހޯމް މިނިސްޓަރގެ ހައިސިއްޔަތުން އިމްރާން އަބްދުﷲ އެވެ. ނައިބު ރައީސަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި، މުހައްމަދު މާހިރު އީސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް