Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޮއިދޫ ސްކޭޓް ޕާކުގެ މަސައްކަތް

ގޮއިދޫ ސްކޭޓް ޕާކުގެ މަސައްކަތް ނުފެށި ދެ އަހަރު!

ގޮއިދޫ ސްކޭޓް ޕާކުގެ ބިންގާ އަޅާފައިވަނީ 2018 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޖުލައި 2020 | ހޯމަ 10:18
ގޮއިދޫގައި އޮލިމްޕިކް ކޮމިޓީއިން އެޅުމަށް ނިންމާފައިވާ ސްކޭޓް ޕާކުގެ ބިންގާ ވަނީ އަޅާފައި

ގޮއިދޫގައި އޮލިމްޕިކް ކޮމިޓީއިން އެޅުމަށް ނިންމާފައިވާ ސްކޭޓް ޕާކުގެ ބިންގާ ވަނީ އަޅާފައި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ފަރާތުން ބ. ގޮއިދުއަށް ހަދިޔާކުރި ސްކޭޓް ޕާކުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ގޮއިދޫގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ގޮއިދޫގެ ރައްޔިތުންނަށް ސްކޭޓް ޕާކެއް ހަދިޔާކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެ ޖަލްސާއަށް ފަހު އެ ކޮމިޓީން ވަނީ އެ ރަށުގެ ބަނދަރުމަތީގައި ޕާކް އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ޕާކުގެ ބިންގާ ވެސް އަޅާފައެވެ.

ގޮއިދޫ އާއި އޮލިމްޕިކް ކޮމިޓީއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދިނުމުގެ ގޮތުން "ގޮއިދޫ އޮލިމްޕިކް ސްކޭޓް ޕާކު" ގެ ނަމުން ނަންދޭން ނިންމާފައިވާ މި ޕާކްގެ ބިންގާ އަޅުއްވައިދެއްވީ އެ ފަހަރުގެ އަހަރީ އާންމު ޖަލްސާގެ ޝަރަފުވެރި މެހުމާން ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ގޮއިދޫގެ ކައުންސިލްގެ ފަރާތުން ހަތަރު ބޭފުޅެކެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ވިދާޅުވީ މިހާތަނަށް އައިރު ސްކޭޓް ޕާކުގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާ ކަމަށެވެ. އަދި އެމްއޯސީން ދާދި ފަހުން ސްކޭޓް ޕާކުގެ ވާރކް ޕްލޭން ހުށަހެޅުމަށް ކައުންސިލްގައި އެދިފައިވާ ކަމަށާއި، އެހެންކަމުން ވާރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ ގޮއިދޫ ކައުންސިލާ ގުޅިގެން ސްކޭޓް ޕާކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވޯކް ޕްލޭން ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި 2021 ވަނަ އަހަރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މަރޭ ވިދާޅުވިއެވެ.

އެމްއޯސީގެ އެހީއާއެކު ގައޮދޫގައި އެޅުމަށް ހަމަޖައްސާފައިވަނީ 2،500 އަކަފޫޓުގެ ޕާކެކެވެ. ގޮއިދުއަކީ ލިބިފައިވާ މަދު ވަސީލަތްތަކާއެކު ހުނަރިވެރި ސްކޭޓަރުން ތިބި ރަށެކެވެ. އެގޮތުން އެ ރަށުގެ މަސްވެރިން މަސް ކެނޑުމަށް ބަނދަރުމަތީގައި އަޅާފައިވާ ތަޅުން ގަނޑު މަތީގައި އެ ރަށުގެ ސްކޭޓަރުން އަންނަނީ ލަކުޑިން ހަދާފައިވާ ރޭމްޕާއެކު ފަރިތަކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް