Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

ޖެހިޖެހިގެން ދެ ވަނަ ދުވަހު ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

18 ޖުލައި 2020 | ހޮނިހިރު 22:55

ހޮނިހިރު ދުވަހު 259،848 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޖުލައި 2020 | ހޮނިހިރު 22:55
މެކްސިކޯގައި މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައި

މެކްސިކޯގައި މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައި

ޖެހިޖެހިގެން ދެ ވަނަ ދުވަހު ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ދުނިޔެއިން 259،848 (ދެ ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ސާޅީސް އަށް) މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފަ އެވެ.

ހޮނިހިރު ދުވަހު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައި ވަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި ދެކުނު އެފްރިކާއިންނެވެ. އެއީ އެމެރިކާ އިން 71،483 މީހުންނާއި، ބްރެޒިލްއިން 45,403 މީހުންނަށް އަދި އިންޑިޔާއިން 34,884 މީހުންނެވެ. އަދި ދެކުނު އެފްރިކާއިން 13,373 މީހުންނެވެ.

ހުކުރު ދުވަހު ވަނީ މުޅި ދުނިޔެއިން 237،743 (ދެ ލައްކަ ތިރީސް ހަތް ހާސް ހަތްސަތޭކަ ސާޅީސް ތިން) މީހުންނަށް ވައިރަސް ޖެހިފަ އެވެ. އެދުވަހު ވައިރަސް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދުވެސް ވަނީ މަތިވެފަ އެވެ. އެއީ 7360 މީހުންނެވެ. މިއީ މެއި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ވައިރަސް ޖެހިގެން އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރި ދުވަސްވެސް މެއެވެ. ޖުލައި މަހު އާންމުކޮށް ދުވާލެއްގެ ތެރޭ ވައިރަސްޖެހިގެން މަރުވެފައިވަނީ 4800 މީހުންނެވެ. ޖޫން މަހު އެއަދަދު އުޅުނީ 4600 ގައެވެ.

މުޅި ދުނިޔޭގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 14 މިލިއަނަށް އަރާފައިވަނީ ހުކުރު ދުވަހު އެވެ. ވައިރަސް ދުނިޔޭގައި ފެތުރެން ފެށިތާ ހަތް މަސްވެފައިވާއިރު މިހާތަނަށް އައިއިރު ހަ ލައްކަ މީހުން ވަނީ ވައިރަސްޖެހިގެން މަރުވެފަ އެވެ.

ދުނިޔޭގައި ތިން ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހޭ ގައުމަކަށް އިންޑިޔާ ވެގެން ދިޔައީ ހުކުރު ދުވަހު އެވެ. އަދި ދެ މިލިއަން މީހުންނަށް ވައިރަސް ޖެހިގެން ބްރެޒިލް އިން ރިޕޯޓް ކުރީ ބުރާސްފަތި ދުވަހު އެވެ. އެމެރިކާއިން 3.7 މިލިއަން މީހުންނަށް ވަނީ މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިފަ އެވެ.

މީގެކުރިން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ 230،370 (ދެ ލައްކަ ތިރީސް ހާސް ތިން ސަތޭކަ ހަތްދިހަ) މީހުންނެވެ. އޭގެކުރިން ޖުލައި މަހުގެ 10 ވަނަ ދުވަހު 228،102 (ދެ ލައްކަ އަށާވީސް ހާސް ސަތޭކަ ދެ) މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކޮށްފައިވެ އެވެ. އަދި ޖުލައި މަހުގެ 5 ވަނަ ދުވަހު 212,326 (ދެ ލައްކަ ބާރަހާސް ތިން ސަތޭކަ ސައްބީސް) މީހުންނަށް އެއްދުވަހާ ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް