Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލްގެ ސަޕޯޓަރުން އެއްނުވުމަށް ގޮވާލުން

އުފާފާޅުކުރުމަށް މަގުތަކަށް ސަޕޯޓަރުން އެއްނުވަން ރެއާލުން އެދެފި

15 ޖުލައި 2020 | ބުދަ 13:51

ރެއާލުން އިސްކަންދޭނީ ސަޕޯޓަރުންގެ ސިއްހަތަށް

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖުލައި 2020 | ބުދަ 13:51
ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު ރެއާލުން އުފާފާޅުކުރަނީ: ވިޔަރެއާލް ބަލިކޮށް ރެއާލަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތް

ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު ރެއާލުން އުފާފާޅުކުރަނީ: ވިޔަރެއާލް ބަލިކޮށް ރެއާލަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތް

މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލާފައިވާ ރެއާލް މެޑްރިޑުން، އުފާފާޅު ކުރުމަށް މަގުތަކަށް އެއްނުވުމަށް ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ވިޔަރެއާލް ބަލިކޮށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމުގެ ފުރުސަތު ރެއާލަށް އޮތް ނަމަވެސް، ސަޕޯޓަރުން މަގުތަކަށް އެއްނުވުމަށް ރެއާލުން އެދިފައިވަނީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމާއެކުގައެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޕެއިނުން އަންނަނީ އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ލީގު ޗެމްޕިއަންކަން ރެއާލަށް ކަށަވަރުވި ކަމުގައިވިޔަސް، ސަޕޯޓަރުން މަގުތަކަށް އެއްނުވުމަށް ގޮވާލާ ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަޕޯޓަރުން ނުރައްކަލެއްގެ ތެރެއަށްލުން އެއީ ރެއާލުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި، އެހެންކަމުން އުފާފާޅުކުރުމުގެ ގޮތުން ރެއާލްގެ ކުޅުންތެރިންނާއި މުވައްޒަފުންވެސް މަގުތަކަށް އެއްނުވާނެ ކަމަށެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތު ބަދަލުވިހާ އަވަހަށް ސަޕޯޓަރުންނަށް އުފާފާޅުކުރުމުގެ ގޮތުން ރެއާލްގެ ރަސްމީ ދަނޑު ސަންޓިއާގޯ ބާނަބައުގައި ހާއްސަ ހަރަކާތެއް ބާއްވާނެ ކަމަށްވެސް ރެއާލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު މިހާތަނަށް 33 ފަހަރު ކާމިޔާބުކޮށްފައިވާއިރު، ރެއާލްއަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމެވެ.

ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި ރެއާލް މިވަގުތު އޮތީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް 36 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
18 މެއި 2017

ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް

18 މެއި 2017
ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް