Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބް ރައީސް

ޒުވާނުންނަކީ ކުރިމަގާއި މެދު ވިސްނާ ބަޔަކަށްވުމަށް ނައިބް ރައީސް ގޮވާލައްވައިފި

15 ޖުލައި 2020 | ބުދަ 13:21

ޒުވާނުން އެކިދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 15 ޖުލައި 2020 | ބުދަ 13:21
ނައިބް ރައީސް ފައިސަލް ނަސީމް އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ނައިބް ރައީސް ފައިސަލް ނަސީމް އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ދިވެހި ޒުވާނުންނަކީ، އެކަކު އަނެކަކަށް އިޙްތިރާމު ކުރާ، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައި، ލިބިފައިވާ ޢިލްމާއި ހުނަރު އަނެކާއާއި ޙިއްޞާކޮށް، އަދި ކުރިމަގާއި މެދު ވިސްނާ ބަޔަކަށްވުމަށް އަޒުމު ކަނޑައެޅުމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ "ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް" ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގައި ފުރުޞަތުތައް ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ.

އަދި، ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބް ރައީސް ވިދާޅުވި ގޮތުގައި، ވަޒީފާގެ މައިދާނަށް ޒުވާނުން ނުކުތުމަކީ، އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅެވެ. އަދި ޒިންމާދާރުކަމާއެކު މަސައްކަތުގައި ވަގުތު ހޭދަކުރާ ޒުވާނުންނަށް ފޫހިކަމާއި އެކަނިވެރިކަމުގެ އިޙްސާސްތަކާއި، ކުށްކުރުމުގެ އާދަތަކާއި ދުރުވެލިވާން ފަސޭހަވާނެކަން ފާހަގަ ކުރެއްވިއެވެ.

ބުދަ ދުވަހު ފެށި ޕްރޮގްރާމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އެ މީހުން ޝައުޤުވެރިވާ ދާއިރާއަކުން ތަޢުލީމާއި ތަމްރީނު ލިބި، ވަޒީފާގެ މައިދާނަށް ނުކުތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެކެވެ.

އަދި، ބިދޭސީ މަސައްކަތްތެރީންގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތައް ހައްލު ކުރެވޭނީ، ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންގެ ޖީލެއް ބިނާކޮށްގެން ކަމާއި، މިއީ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް އޮތް ހައްލު ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް