Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީގެ ސަސްޕެންޝަން އުވާލުން

ސިޓީގެ އަގު ވައްޓާލި މީހުން މާފަށް އެދެން ޖެހޭ: ގާޑިއޯލާ

15 ޖުލައި 2020 | ބުދަ 10:36

ސީއޭއެސްއިން ވަނީ ސަސްޕެންޝަނުގެ މައްސަލަ ސިޓީއާ އެއްކޮޅަށް ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖުލައި 2020 | ބުދަ 10:36
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔުއެފާއިން ދިން ސަސްޕެންޝަނާއެކު މެންޗެސްޓާ ސިޓީގެ އަގު ވައްޓާލައި، ތަފާތު އެކި ގޮތްގޮތައް އެކަމާ ގުޅިގެން ވާހަކަ ދެއްކި މީހުން ސިޓީގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޔުއެފާއިން ސިޓީ ސަސްޕެންޑް ކުރީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ޚިލާފުވީ ކަމަށް ބުނެއެވެ. އެކަމަކު ސިޓީން ވަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފު ކޮށްފައެވެ. އަދި ސީއޭއެސް އިން ވަނީ އިސްތިއުނާފުގެ މައްސަލަ ސިޓީއާ އެއްކޮޅަށް ނިންމާ ޔުއެފާއިން ދިން އަދަބު އުވާލާފައެވެ.

ގާޑިއޯލާ ބުނީ ސިޓީގެ އަގު ވައްޓާލައި، ސިޓީއާ ދެކޮޅަށް ވާހަކަ ދެއްކި މީހުން މާފަށް އެދެން ޖެހޭނެ ކަމަށާއި، އިސްތިއުނާފުގެ މައްސަލަ ސިޓީއާ އެއްކޮޅަށް ނިމުމުން، އެއިން އެނގިގެންދަނީ ސިޓީގެ ކުށެއް ނެތްކަން ކަމަށެވެ. އަދި ސިޓީން ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ، އެކަމުގެ އަދަބު އެ ކްލަބަށްވެސް ލިބެންޖެހޭނެ ކަމަށްވެސް ގާޑިއޯ ބުންޏެވެ.

ސިޓީގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެ ދެ ކޯޗުން ބުނީ އެފްއެފްޕީ ގަވާއިދުގައިވާ ކަންތައްތަކާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ބަލަން ޔުއެފާއިން ކުރާ މަސައްކަތް ބަލިކަށިކޮށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ގަވާއިދެއް ހެދިފައިވާނަަމަ އޭގެ ބާރެއް ނެތި ބޭނުން ބަޔަކަށް ވަކި އުސޫލުތަކެއްގެ ތެރެއިން ސަލާމަތްވެވޭނަމަ އެ ގަވާއިދެއްގެ ބޭނުމެއް ނެތް ކަމަށެވެ.

އިސްތިއުނާފުގެ މައްސަލަ ސިޓީއާ އެއްކޮޅަށް ނިމުމުން ސިޓީއަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

އެފްއެފްޕީ ގަވާއިދާ ޚިލާފުވުމުން ޔުއެފާއިން ސިޓީއަށް ދިން އަދަބު ސީއޭއެސްއިން އުވާލިއިރު، އެފްއެފްޕީ ގަވާއިދާ ޚިލާފުވެގެން ޔުއެފާއިން މީގެ ކުރިންވެސް ވަނީ ސިޓީއަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅާފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ޔުއެފާއިން ނިންމިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
01 މާރިޗު 2017

އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި

01 މާރިޗު 2017
އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް