Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-އިނގިރޭސިވިލާތް

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

9 ސެޕްޓެމްބަރު 2026 | ބުދަ 01:41

އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، އެ މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް. އެއާ އެކު އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު އޮތް ސަރުކާރުން ވެސް، ރާއްޖެއާ މަޝްވަރާ ނުކޮށް، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން އެ މައްސަލަ ކުރިއަށް ގެންދިޔައީ އެ ސަބަބާ ހުރެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2026 | ބުދަ 01:41
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް އާއި ރައީސް މުއިއްޒު

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް އާއި ރައީސް މުއިއްޒު | ސޯޝަލް މީޑިއާ

ފޯޅަވަހީގެ މައްސަލައިގައި މަޝްވަރާތަކަށް ވަޑައިގެންނެވުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށް، އެއީ ރާއްޖެއާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

މި މައްސަލައިގައި ރައީސް އޮފީހުން އަންގާރަ ދުވަހު ވަނީ ރައީސް މުއިއްޒު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް އަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ހާމަކޮށްފަ އެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ތާރީހީ ގޮތުން ވެސް ފެންނަން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުން ވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމަށް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލު ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ރައީސް މުއިއްޒު ވަނީ ފާޅުކުރައްވާފަ އެވެ.

މި ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާނީ ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވޭނޭ ފަދައިން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެ އިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގެ މަޝްވަރާއަށް ވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި
Raajje.mv

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގެ މަޝްވަރާއަށް ވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި

ނަމަވެސް މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އެއާ އެކު އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު އޮތް އިނގިރޭސި ސަރުކާރުން ވެސް ރާއްޖެއާ އެކު މަޝްވަރާ ނުކޮށް، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން މި މައްސަލަ ކުރިއަށް ގެންދިޔައީ އެ ސަބަބާ ހުރެ ކަމަށެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަަމަށް ވިދާޅުވެ، އެ ސަރަހައްދު އަލުން ހޯއްދަވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ.

އިނގިރޭސިވިލާތް-ދިވެހިރާއްޖެފޯޅަވަހި

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގެ މަޝްވަރާއަށް ވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި

08 ސެޕްޓެމްބަރު 2026
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގެ މަޝްވަރާއަށް ވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި
26 އޯގަސްޓު 2026

އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ

26 އޯގަސްޓު 2026
އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
12 އޯގަސްޓު 2026

މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް

12 އޯގަސްޓު 2026
މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް
07 އޯގަސްޓު 2026

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި

06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
02 އޯގަސްޓު 2026

ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް

02 އޯގަސްޓު 2026
ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް
27 ޖުލައި 2026

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026
ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު
11 ޖުލައި 2026

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟

11 ޖުލައި 2026
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް