Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ޗެމްޕިއަންކަން ހޯދުން

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

3 މާރިޗު 2017 | ހުކުރު 21:22

ޕެނަލްޓީ ޖަހައިގެން 4-6 ގެ ނަތީޖާއިން ޓީސީ ވަނީ ޕޮޗިއޮންގެ މައްޗަށް ކުރިހޯދާފަ

ލީވާން އަލީ
ލީވާން އަލީ | 3 މާރިޗު 2017 | ހުކުރު 21:22
ރާއްޖެއަށް ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އުފުލާލަނީ

ރާއްޖެއަށް ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އުފުލާލަނީ

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޕޮޗިއޮން ސިޓިޒެން އެފްސީ ބަލިކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކްލަބް ތައްޓެއް ކާމިޔާބުކޮށްފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު ޕޮޗިއޮންއާ ވާދަކޮށް ޓީސީން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގައި ކުރިޔަށް ދިޔަ މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޓީސީ އެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް، ޕޮޗިއޮންގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޓީސީންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ ޓީސީ އެވެ.

އެހެންނަމަވެސް ޓީސީން ރަނގަޅަށް ކުޅެމުން ދަނިކޮށް ޕޮޗިއޮން އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެންގް ޔޮންގް އެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީގެ ފަރާތުން ވަރުބަލި ކުޅުމެއް ފެނިގެންދިޔައިރު، ގިނަ މިސްޓޭކްތަކެއްވެސް އެޓީމުގެ ފަރާތުން ވަނީ ފެނިގެންގޮސްފައެވެ. އޭގެ ފައިދާ ނަގާ ޕޮޗިއޮން އިން ވަނީ 54 ވަނަ މިނެޓުގައި ފައްރާހް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

މި ލަނޑަށް ފަހު ޓީސީގެ ކުޅުން އިތުރަށް ގޯސްކޮށް ފެނިގެންދިޔަ ނަމަވެސް ޝަމްވީލް ގާސިމް (ބޮންޑާ) ގެ ބަދަލުގައި ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް ކުޅެން އެރުމާއެކު މެޗުގެ ޓެމްޕޯއަށް ބަދަލު އައެވެ.

އެގޮތުން އޭނާ ކުޅެން އެރިތާ މާގިނައިރުތަކެއް ނުވަނީސް ޓީސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޓީސީ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އައްޒާމް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އެއްވަރުވެފަ އޮތުމުން ދެން ކުޅުނީ އިތުރު 15 މިނެޓުގެ ދެ ހާފެވެ. އެހެން ނަމަވެސް ނަތީޖާއަކަށް ބަދަލެއް ނައުމުން ދެން ޖެހީ ޕެނަލްޓީ އެވެ.

ޕެނަލްޓީ ޖަހައިގެން 4-6 ގެ ނަތީޖާއިން ޓީސީ ވަނީ ޕޮޗިއޮންގެ މައްޗަށް ކުރިހޯދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް