Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު ޕާޓީ

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

ހެޔޮވެރިކަން ދަމަހައްޓައި ރައްޔިތުންގެ މަތީ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ސިވިލް ސޮސައިޓީން ވަރަށް މުހިއްމު ހަރުދަނާ ދައުރެއް އަދާކުރަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 އެޕްރީލު 2017 | އަންގާރަ 00:29
އަދާލަތު ޕާޓީ: ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ

އަދާލަތު ޕާޓީ: ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރުވެ ފަށާފައިވާ މަސައްކަތައް ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ އަދާލަތު ޕާޓީން މަރުޙަބާ ކިޔައިފިއެވެ.

އަދާލަތު ޕާޓީން ބުނީ މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ މުހިއްމު ރުކުނެއް ކަމަށާއި ނޫސްވެރިކަމުގެ ދިފާޢުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ 4 ރައީސުން ފެއްޓެވި މަސައްކަތައް އަދާލަތު ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ހެޔޮވެރިކަން ދަމަހައްޓައި ރައްޔިތުންގެ މަތީ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ސިވިލް ސޮސައިޓީން ވަރަށް މުހިއްމު ހަރުދަނާ ދައުރެއް އަދާކުރަން ޖެހޭ ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ހޯމަ ދުވަހު ސޮއިކުރި އިޤުރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން އޭގެ އެންމެ ފުޅަދާއިރާއެއްގައި ހޯދައިދިނުމަށް ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރުމަށް އެއްބަސްވާ ކަމަށެވެ.

މި އިޤުރާރުގައި މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ހަތަރު ބެފުޅަކު ސޮއިކުރައްވާފައިވާއިރު، މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ، އަދި ދައުލަތުގެ މީޑިއާގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލް ސޮއިކުރައްވާފައެއް ނުވެއެވެ.

އިޤުރާރުގައި ސޮއިކުރައްވާފައިވަނީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފާއި، ހުޝާމް މުޙައްމަދާއި އަބްދުﷲ މުއާޒު ޔޫސުފް އަދި މުހައްމަދު އާސިފް (މޮންދު) އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރުކުރުމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރުވެފައި މިވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައަކާ ގުޅިގެން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނިކޮށެވެ، ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރިކަމަށް ބުނެ، ރާއްޖެޓީވީ ޖޫރިމަނާކުރުމާއެކު، އެއީ ނޫސްވެރިކަން މަރާލުމަށް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާ ބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި މީޑިއާގެ ދާއިރާގެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު