Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާނަލް ނާޒިމް

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް ކޮޓަރިއަށް ހަތިޔާރު ވެއްދީ ފުލުހުން ކަމަށް ވޯކިން ގްރޫޕުން ނިންމި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2017 | ހުކުރު 03:50
 ނާޒިމް: އޭނާގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް

ނާޒިމް: އޭނާގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމުމާއެކު އޭނާ ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާއިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ ފުލުހުން ވެއްދި ތަކެތި ކަމަށް އދ. ގެ ވޯކިން ގްރޫޕުން ކަނޑައަޅާފައި ވަތީ ނާޒިމް ވަގުތުން މިނިވަންކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ނާޒިމް ދިރިއުޅުންވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުން ނާޒިމް ވަނީ ފްރޭމްކޮށްފައިވާ ކަމަށް ކުރިން ވެސް ވިދާޅުފައިވާނެ ކަމެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން އެ މައްސަލަ އަދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަން އަށް ހުށައަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ބޭރުން ނާޒިމްގެ އެޕާޓްމެންޓަށް ހަތިޔާރު ވައްދައި، އަދި އެ ހަތިޔާރުން އެހެން މީހެއްގެ ޑީއެންއޭ ފެނުމުން ވެސް ނާޒިމް ބަންދުކޮށްފައި ހުރި ހުރުމުން ދޭހަކޮށްދެނީ މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

ނާޒިމްގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު، މައްސަލައިގެ 26 ލިޔެކިޔުމެއް ނާޒިމަށް ދީފައިނުވާކަމާއި، ބޮޑު ދައުވާއަކުން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިނުވާކަން އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

‎އަދި ނާޒިމްގެ ފަރާތުން ދިފާއުގައި 50 ހެކިން ހުށަހެޅިއިރު، ދަށު ކޯޓަށް ހާޒިރުކުރީ އެންމެ ތިން ހެކިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.‎އަދި ޖަލުގައި ބަންދުކުރުމަށްފަހު ނާޒިމަށް އެކަށީގެންވާ ބޭސްފަރުވާ ދިނުމަށް އިހުމާލުވެފައިވާކަމާއި، ނާޒިމަށްދޭ ބޭސްތަކުގެ މައުލޫމާތާއި ބަލީގެ ހާލަތު އާއިލާއަށް އަންގަމުން ގޮސްފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

‎އދ. ގެ ވޯކިން ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ ޝަރީއަތްތަކުގައި އެތްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް ނާޒިމްގެ ޝަރީއަތުގައި ގިނަ ކަންތައްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފު ކަމަށް ބުނެފައިވެ އެވެ.

‎އެ ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށް ހިންގީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ.

‎އަދި ނާޒިމްގެ ފަރާތުން އދ. އަށް ހުށަހެޅި މައްސަލައިގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ތާއީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނީ ކިހިނެތްތޯ ކުރާ ސުވާލަށް ސަރުކާރަށް ޖަވާބުދެވިފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަންތައްތައް ފާހަގަކޮށް އެ ގްރޫޕުން ވަނީ ނާޒިމް ވީހާވެސް އަވަހަަކަށް މިނިވަންކޮށް ނުހައްގުން ބަންދުކޮށްފައި ހުރި ދުވަސްތަކަށް ބަދަލު ނަގައިދިނުމަށް ސަރުކާރަށް އަންގާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު