Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޝްވަތުދޭން އުޅުން

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

މެމްބަރު އުމަރު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މާރިޗު މަހުގެ 30 ވަނަ ދުވަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 15:34
މަޖިލީހުގެ މެމްބަރުންތަކަކާއެކު، މެމްބަރު އުމަރު ހުސެއިން، ކަނާތުން ދެ ވަނައަށް

މަޖިލީހުގެ މެމްބަރުންތަކަކާއެކު، މެމްބަރު އުމަރު ހުސެއިން، ކަނާތުން ދެ ވަނައަށް

މަޖިލީހުގެ މެންބަރުންނަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ފުލުހުން ކުރަމުންދާ ތަހްގީގާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

ރާއްޖެޓީވީއަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުން އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ އުމަރު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މަރޗު މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އުމަރު ހުސެއިން ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ހުޅުމާލޭ ޕޮލިސް ސެޓޭޝަނަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އުމަރު ހުސެއިން ހާޒިރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމަށް ބުނާ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށެވެ. ނަމަވެސް އެ މައްސަލައަކީ އޭނާއާއި ގުޅުމެއް ނެތް މައްސަލައެއްކަން އެނގިފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި މެމްބަރު އުމަރު ހުސެއިންގެ ފޯނު ނިއްވާލާފައިވުމުގެ ސަބަބުން އޭނާގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބަރު ނެތްކަމުގެ މައްސަލާގައި، އުމަރު ހުސެއިން ވޯޓު ދެއްވާފައި ވަނީ މަސީހުގެ އިތުބަރު އޮތް ކަމަށެވެ. އަދި ސަރުކާރުން އެދުނު ގޮތަށް ހޯމަ ދުވަހުގެ ޖަލްސާގައި އުމަރު ހުސެއިން ކަންތައްތައް ކޮށްދެއްވާފައި ވެއެވެ.

އުމަރު ހުސެއިން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވާއިރު ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ. ނަމަވެސް ޤާސިމް ވެސް ވިދާޅުވެފައި ވަނީ ރިޝްވަތު ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. ގާސިމް ހާޒިރުކުރެއްވީ ކްނޫޒްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު