Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފީރުންގެ މަހާސިންތާ

ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް

ކަންކަން ހިނގާގޮތް ބައިނަލްއަގްވާމީ މުޖުތަމައުން ދަނީ ވަރަށް ކައިރިން ބަލަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 އެޕްރީލު 2017 | ބުރާސްފަތި 02:45
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް، ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް، ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ

އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ރާއްޖޭގެ ހާލަތާއި މެދު ދައްކާ ވާހަކަތަށް ބައިނަލްއަގްވާމީ މުޖުތަމައުން މިއަދު ގަބޫލުނުކުރާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ދިވެހި ސަފީރުންގެ މަހާސިއްތާއަށް އިޝާރަތްކުރައްވާ ޝިފާޒު ވިދާޅުވީ ދިވެހި ރާއްޖޭގައި ކަންކަން ހިނގާގޮތް ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ކާއިރިން ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން އަބްދުﷲ ޔާމީންގެ އެދިލެއްވުމަށް ރާއްޖޭ ބޭރުގައި ތިއްބަވާ ރާއްޖޭގެ އެމްބަސީތަކުގެ ސަފީރުން ބައިނަލްއަގްވާމީ ޑިޕްލަމެޓުންނާއި ހިއްސާކުރަން އޮންނާނީ ކޮންވާހަކައެއްތޯ ޝިފާޒް ވަނީ ސުވާލުކުރައްވާފަ އެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެރިކަން ކުރައްވަނީ، ޑިމޮކްރަޓިކް އުސޫލުތަކާއި އެއްގޮތަށް ކަމަށް މިއަދު ވާހަކަދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އެ މަހާސިންތާ ބަލާފައި ހިތަށް އެރި، ކިތެއްމެ ވަރަކަށް މަހާސިންތާތަށް ބޭއްވި ނަމަވެސް، ކިތަންމެ ރީތި އިނބާރާތަކުން އެވާހަކަތަށް ދެއްކެވި ނަމަވެސް، އެތަނުގައި އެތިއްބެވި ސަފީރުންނަން ކެރިވަޑައިގަންނަވާނެތޯއޭ، މިއިންބޭފުޅަކު ރާއްޖޭން ބޭރު ގައުމަކަށް ވަޑައިގެން، އެގައުމުގެ ޑިޕްލަމެޓުންނާއި ބައްދަލުކޮށްފައި މި ރާއްޖޭގެ ހާލަތަކީ އެއޭ، މިއޭ ކިޔާފަ އަނގަހުޅުވާލަން"

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދޭން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވެ ސަފީރުންގެ މަހާސިންތާގައި ދެއްކެވި ވާހަކަފުޅަށް ޝިފާޒް ވާނީ ވަރަށް ބޮޑަށް ފާނޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ޝީފާޒު ވިދާޅުވީ 2008 ވަނަ އަހަރު ދިވެހި ރައްޔިތުން ރާއްޖޭގައި އޮންނަން ވަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅުމުން އެކަން މުޅި ދުނިޔެ ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ކޮންމެ ސިޔާސީ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ފިކުރުގައި މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ޙައްގު ލިބެންޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ.

"ދުނިޔެ ގަބޫލުކުރާ ސިޔާސީ ނިޒާމަކަށް މިރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން އެއްބަސްވާގޮތަށް ވަނީ ފައްކާކޮށްފައި އޭ ، އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރައްވަމުންދާ މަސައްކަތުން އަޅުގަނޑަށް އެނގެނީ، މި ރާއްޖޭގެ އެއްވެސް ސިޔާސީ ވެރިއެއް ހުރެގެން ނުވާނޭ ވެރިކަމާއި ތޮޅޭނެ"

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު