Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގުޅިފައިވާ ޕާޓީތަކުގެ މަސައްކަ

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

އދ އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާއި ވަނީ ބައްދަލުކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 14:31
އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާ ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބައްދަލުކޮށް

އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާ ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބައްދަލުކޮށް

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސްލާހަށް ފެށި މަސައްކަތުގެ ތެރެއިން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހެންވޭރު އުތުރު ދައިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމް މައުމޫން ޕެކްޝަނުން ރައްޔިތުންނަށް އަނބުރާ ޑިމޮކްރަސީ ގެނެސްދިނުމުގެ ގޮތުން އަންގާރަ ދުވަހު ފެށިގެން ދިޔައީ، ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ، ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ސަފީރުންނާއި ސްރީލަންކާގައި ތިބި ސަފީރުންނާއި ގައުމުތަކުގެ ރިޕްރެޒެންޓޭޓުންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އދ އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާއި ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބައްދަލުކޮށް، ސަރުކާރުގެ ހުދުމުހުތާރު އަމަލުތަކުގެ ސާފު މައުލޫމާތު ދީފަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ ހަމަތަކާ ހިލާފަށް، ބަންދުކޮށްފައިވާ މައްސަލަވެސް، އދގެ ސަމާލުކަމަށް ވަނީ ގެނެސްފަ. އަދި އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުރު ދައުވާތަކެއްކޮށް އެމަނިފާނުގެ މައްޗަށް އުފުލާފައިވާ ނުހައްގު ދައުވާތަކުގެ މައުލޫމާތު ވާނީ ހިއްސާކޮށްފަ." ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރުއީ ނިޒާމު ހިސޯރުކޮށްގެން ސަރުކާރުން ކުރަމުންގެންދާ އަމަލުތަކާއި މީޑިޔާއަށް ކުރިމަތިކުރުވަމުންދާ ފިއްތުންތަކާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިންގަމުންދާ ގާނޫނު އަސާސީއާއި ހިލާފު ކަންކަން އދ އާއި ހިއްސާކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

މި ބައްދަލުވުންތަކާ ގުޅޭ ގޮތުން ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ގާސިމް ހައްޔަރުކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ހަގީގީ މައުލޫމާތު އދ. އާއި ހިއްސާކޮށްފައިވާ ކަމަށެވެ.

"ގާސިމްގެ ބައްދާ ގުޅޭ ގޮތުން ކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު ވަނި ދެވިފަ. މީގެ އިތުރުންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ވާނީ ހިއްސާކޮށްފަ" އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

މީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ގެއްލިގެންދާ ހައްގުތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯޅްޑިވްސް އެޗްއާރްސީއެމް އާއިވެސް އަންގާރަ ދުވަހު ހިއްސާކޮށްފަ އެވެ.

ބައިނަލްއަގްވާމީ ފަރާތްތަކާ މި މައުލޫމާތުތައް ހިއްސާކުރަމުންދާ އިރު، ޔޫރަޕްގެ އިއްތިހާދުންނާއި، ކެނެޑާ, ނޯވޭ، ސްވިޒަލޭންޑްގެ އިތުރުން އެމެރިކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ އިދިކޮޅު ސިޔާސީ ފަރާތެއް އޮތުމަކީ ވަރުގަދަ ޑިމޮކްރަސީއަކަށް ލާޒިމް ކަމެއް ކަމަށާއި، އެކަމަށް ސަރުކާރުން ޖާގަ ދޭން ޖެހޭކަމަށް ގޮވާލައްވާފައިވެ އެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުން ވެސް ވަކި ފަރާތަކަށް ނުޖެހި ދިވެހިރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި ސަރުކާރަށް އެހީތެރިވާންޖެހޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު