Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އޮފީސް ބަޔާން

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތެއް ނުކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 17:23
ރައީސް އޮފީސް

ރައީސް އޮފީސް

އިދިކޮޅު ސިޔާސީ ފަރާތްތަކުން ގައުމުގެ މަސްލަހަތަށް ވުރެ ބޮޑަށް މަސައްކަތް ކުރަނީ، ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދައި، ދޮގު މައުލޫމާތު ފެތުރުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއް ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓުވާ، ސަރުކާރުން ބާރު ފޯރުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތައް ދޮގުކޮށްފަ އެވެ. ސަރުކާރުން، ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ދުވަހުގައި މަޖިލީހުގައި އިދިކޮޅު މެންބަރުން، މަޖިލީހުގެ ގަވައިދުން ބޭރުން ކަންކަން ހިންގާފައިވާކަމަށް ބުނެފަ އެވެ. އަދި ގިނަ އަދަދެއްގެ އިދިކޮޅު މެންރަނުން، ނަން އިއްވާ މަޖިލީހުން ބޭރުކުރަން ޖެހުނީ، މިނިވަން ހަމަހަމަ އަދި ދެފުއްފެންނަ ނިޒާމެއްގެ ތެރެއިން މަޖިލީސް ހިންގުމަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Advertisement - newsAdvertisement

މިއީ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގެ ސައްހަ ކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.

މިހާރު މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކީ، ސައްހަ އެހީގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މައްސަލަތައް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރާއްޖޭގެ ފުލުހުންގެ އިދާރާ އާއި ޝަރުއީ ނިޒާމަކީ، މިނިވަން މުސްތަގިއްލު ނިޒާމެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްގެ ނަން ބޭނުން ކުރުން ހުއްޓުވާފައިވަނީ އެމަނިކުފާނަކީ މިހާރު ޕީޕީއެމްގެ މެންބަރެއް ކަމަށް ނުވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސު އޮފީހުން މިކަން ހާމަކޮށްފައިވާ އިރު ޕީޕީއެމް މެންބަރު ކަމުން ރައީސް މައުމޫނު ވަކި ކުރައްވާފައިވަނީ، ޕީޕީއެމް ޔާމީން ފެކްޝަނުގެ ސުލޫކީ ކޮމިޓީންނެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހުސައިން ޝިހާބު ވަނީ ސަރުކާރުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ގައުމު ތަމްސީލު ކުރުމުގައާއި ރައްޔިތުންނާއި ޑިމޮކްރަސީ ތަމްސީލު ކުރުމުގައިވެސް ޒިންމާދާރުކަމާއެކު ކަންކނަކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ސަރުކާރުން ބުނެ އެވެ.

އެހެން ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ފެނިގެންދަނީ އަމިއްލަ ނަން މަޝްހޫރު ކުރުމަށް ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯއްދަވާތަން ކަމަށްވެސް ޝިހާބު ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކާ އެކު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށްޓަކާއި މަޝްވަރާ ކުރުމަށް ސަރުކާރުން ގޮވާލައްވާފައިވާކަން ރައީސް އޮފީހުގެ ބަޔާނުގައިވަނީ ފާހަގަކޮށްފަ އެވެ.

ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު، އިދިކޮޅު ސިޔާސީ އިސް ފަރާތަކުން، ފުލުހަށް ހާޒިރުކޮށް، އެކި ތުހުމަތުތައް ކުރުމުގެ އިތުރުން، ބައެއް ކަހަލަ ބަޔާންތައް އަންނަނީ ނެރެމުންނެވެ. ރައީސް މައުމޫން ޕީޕީއެމް އިން ވަކިކޮށް، އަދި އެޕާޓީގެ ރައީސްގެ މަޤާމުން ވެސް އެމަނިކުފާނު ވަކި ކުރުމުގެ އިތުރުން، ރައީސް މައުމޫން ޕީޕީއެމް ރައީސްގެ ނަމުގައި ހުޅުވާފައިވާ އޮފީސް ކޯޓު އަމުރެއްގެ ދަށުން ވަނީ ބައްދުކޮށްފަ އެވެ. ޕީޕީއެމްގެ ހިންގުމުގެ ގަވައިދު ބުނާ ގޮތުން ޕާޓީގެ ރައީސް ވަކި ކުރުމަށް ގައުމީ ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އަދި ރައީސް ވަކި ކުރުމަށް، ތިން ބައި ކުޅަ އެއްބައި މީހުންގެ ވޯޓު ބޭނުންވާނެ އެވެ. އެހެން ނަމަވެސް ރައީސް ވަކި ކުރުމަށް ގައުމީ ޖަލްސާއެއް ބާއްވާފަ އެއް ނުވެ އެވެ.

ޕީޕީއެމްގެ ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނަގާފައިވާއިރު، އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕާޓީ ހިންގުމުގެ އެއްވެސް މަސްއޫލިއްޔަތެއް މަޝްތަޝާާރަށް ނުއުފުލޭނެ ކަމަށް، ރައީސް މައުމޫނުގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވެ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު