Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭޑީކޭގެ އަހަރީ ދުވަސް

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

އޭޑިކޭ ހޮސްޕިޓަލުން ބުނީ މި ހިނގާ 2017 ވަނަ އަހަރުގައި ހޮސްޕިޓަލުންދޭ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާކުރާނެ ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 18:54
އޭޑިކޭ ހޮސްޕިޓަލް - އެ ހޮސްޕިޓަލުން ގެންދަނީ 30 އަހަރުގެ ކާމިޔާބީ ފާހަގަކުރަމުން

އޭޑިކޭ ހޮސްޕިޓަލް - އެ ހޮސްޕިޓަލުން ގެންދަނީ 30 އަހަރުގެ ކާމިޔާބީ ފާހަގަކުރަމުން

އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު ފުރިގެންދާއިރު، އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ވަސީލަތްތަކާ އެކުގައި އިތުރު ހިދުމަތްތަކެއް ތައާރަފްކުރުން ކަމަށާއި، މިއަހަރުގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ތައާރަފްކުރާނެ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕޓަލްގެ 30 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، އާންމު ރައްޔިތުންގެ ބޮޑު އިތުބާރެއް ވެސް އޭޑިކޭ ހޮސްޕިޓަލުން ހޯދައިފެއެވެ. 15 މާރިޗު 1987 ވަނަ އަހަރު "މެޑިކްލިނިކް"ގެ ނަމުގައި ފެށި ހިދުމަތް މިއަދު ވަނީ، ފަހުގެ ވަސިލަތްތަކާ އެކު، ފުޅާ ދާއިރާއެއްގައި ހިދުމަތްފޯރުކޮށްދޭ ސްޓޭޓް އޮފް ދި އާރޓް ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށްފަ އެވެ.

Advertisement - newsAdvertisement

އޭޑީކޭގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެލައިޑް އިން ހަދިޔާކުރި ކޭކް -- ފޮޓޯ: ޓުވިޓަރ

ތިރީސް އަހަރުގެ ކާމިޔާބީ ފާހަގަކުރާއިރު، އޭޑިކޭ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރަނގަޅު ފެންވަރުގައި، އަމިއްލަ ޤައުމުގައި ތިބެގެން ހޯދޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއި، މަޝިނަރީޒްތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު، ފަންނަނީ އަދި ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާ އެކު، ސިއްހީ ދާއިރާގައި ގިނަ ކުރިއެރުންތަކާއި، ކާމިޔާބީތައް ހޯދެމުން އަންނަކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި 30 އަހަރުގެ ތެރޭގައި އާންމު ރައްޔިތުންގެ ބޮޑު އިތުބާރެއް ހޯދިފައިވާއިރު، ހޮސްޕިޓަލުން ބުނާ ގޮތުގައި މިއަދުގެ ވެސް އަމާޒަކީ، ބަލި މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ އެކުގައި ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ލަފާކުރަނީ އަވަސް މުސްތަޤުބަލެއްގައި އޭޑިކޭ ހޮސްޕިޓަލަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އެކްރެޑިޓް ހޮސްޕިޓަލަކަށް ހެދުން ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އޭޑީކޭގެ ފްލޫ ކްލިނިކްގައި ހޮސްޕިޓަލްގެ މުވައްޒިިފުން ފަރުވާދެނީ -- ފޮޓޯ: ޓުވިޓަރ

ސިއްހީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެހެން ރައްޔިތުންގެ އާދަތައް ގެންގުޅުމަށް ހިތްވަރުދީ ހޭލުންތެރިކުރުވުމުގެ މަސައްކަތަކީ ހޮސްޕިޓަލުން ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުގެ 30 އަހަރުގެ ކާމިޔާބީ ފާހަގަކުރާއިރު، ހޮސްޕިޓަލުން ވަނީ އާންމު ރައްޔިތުންނަށް އުފާވެރި ހަބަރެއް ވެސް ދީފަ އެވެ. އެގޮތުން އޭޑިކޭ ހޮސްޕިޓަލުން ބުނީ މި ހިނގާ 2017 ވަނަ އަހަރުގައި ހޮސްޕިޓަލުންދޭ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާކުރާނެ ކަމަށެވެ. އެގޮތުން އިތުރު ވަސީލަތްތަކާއި، މުޅިން އަލަށް ތައަރަފްކުރެވޭ ހިދުމަތްތަކާ އެކު، ހޮސްޕިޓަލުގެ އިމާރާތާއި، ތިއޭޓާ ކޮމްޕްލެކްސްއެއް ހުޅުމަށް ތައްޔާރުވަމުންދާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު