Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19ގެ ހާލަތު

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ދީފި

ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ އަސާސީ ފިޔަވަޅުތައް ނާޅާނަމަ ހާލަތު ދާނީ ގޯސްވަމުންކަމަށް ޓެޑްރޯސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖުލައި 2020 | އަންގާރަ 13:23
ޑަބްލިޔުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވާހަކަފުޅުދައްކަވަނީ

ޑަބްލިޔުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވާހަކަފުޅުދައްކަވަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސާބިތުވެ ގައުމުތަކަށް ނުތިބެވޭކަމުގައިވާނަމަ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ޖެނީވާގައި ހުންނަ އދ ގެ މައި މަރުކަޒުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގިނަ ގައުމުތަކުން ވައިރަސް ކޮންޓްރޯލް ކުރުމުގައި އަޅަމުންދާ ފިޔަވަޅުތަކުގައި ދަނީ ނުބައި މިސްރާބަކަށް ކަމަށެވެ. ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ އަސާސީ ފިޔަވަޅުތައް ނާޅާނަމަ ހާލަތު ދާނީ ހައްތަހާ ގޯސްވަމުން ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ޑަބްލިޔުއެޗްއޯއިން ދެމުންދާ އިރުޝާދުތަކާއި ކަންތައްތައް ކުރަމުންދާ ގޮތަށް އެންމެ ބޮޑަށް ޑަބްލިޔުއެޗްއޯއަށް ފާޑުކިޔުން އަމާޒުކުރަމުންދާ ގައުމަކީ އެމެރިކާއެވެ. އެންމެ ފަހުން 230،000ށް ވުރެ ގިނަ މީހުންނަށް އެއްދުވަހާ ވައިރަސް ޖެހިގެން ރިކޯޑް ހަދާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޓެޑްރޯސް ވިދާޅުވީ އެ ދުވަހު ވައިރަސް ޖެހުނު މީހުންގެ 50 އިންސައްތަ ހިއްސާކުރަނީ ދެ ގައުމުން ކަމަށެވެ. އެއީ އެމެރިކާ އާއި ބްރެޒިލް އެވެ. 12 ވަނަ ދުވަހު ފެނުނު ކޭސްތަކުގެ 80 އިންސައްތައަކީ 10 ގައުމަކުން އައިސްފައިވާ ކޭސްތަކެއް ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކަންތައްތަކާއި ބެހޭ މައިކް ރިޔާން ވިދާޅުވީ އެމެރިކާގައި މިހާރު ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާއިރު ބައެއް ހިސާބުތައް އެއްކޮށް ލޮކްޑައުން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސްކޫލްތައް ހުޅުވާލުމަކީ ސިޔާސީ ގޮތުން ކުޅޭ ގޭމަކަށް ނުހެދުމަށް މައިކް ގޮވާލެއްވިއެވެ. ވައިރަސް ކޮންޓްރޯލްކުރެވި ނުވަތަ އެއްކޮށް ނައްތާލެވުމުން ވެސް ސްކޫލްތައް ހުޅުވޭނެ ކަމަށް މައިކް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން އެމެރިކާ ވަކިވެފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވީ އަދި މިހާތަނަށް ރަސްމީކޮށް އެކަން ޑަބްލިޔުއެޗްއޯއަށް އަންގާފައި ނުވާކަމަށެވެ. އެމެރިކާގައި ހަލުވިކަމާއެކު އަދިވެސް ވައިރަސް ފެތުރެމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާ ކޮޅަށް ބުރަވާ ގޮތަށް ޑަބްލިޔުއެޗްއޯއިން ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެ ޑަބްލިޔުއެޗްއޯއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ޓްރަމްޕް ވަނީ މިދިޔަ ހަފްތާ ބަންދުތެރޭގައި މާސްކު އަޅުއްވައިގެން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނިކުންނަވާފައެވެ.

މީގެއިތުރުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިގެން ރިޕޯޓްކުރި ޗައިނާގެ ވުހާން އަށް ވައިރަސް ފެނުނު ގޮތް ތަހުގީގު ކުރުމަށް ގޮސްފައިވާ ޑަބްލިޔުއެޗްއޯގެ ދެ މެމްބަރުންގެ ޓީމު މިވަގުތު ތިބީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ކަމަށް މައިކް ވިދާޅުވިއެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަ ކުރުމަށްފަހު އެމީހުންގެ މަސައްކަތްތައް ފަށާނެ ކަމަށް މައިކް ވިދާޅުވިއެވެ.

މުޅި ދުނިޔޭގެ 13 މިލިއަން މީހުންނަށް މިހާރު ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ފަސްލައްކަ މީހުން ވަނީ ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
24 އެޕްރީލު 2017

ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި

24 އެޕްރީލު 2017
ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު