Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ

ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި

މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނަން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 10:24
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

މިހާރު އޮތް ހަލާތަށްވުރެ އިތުރަށް ކަންކަން ގޯސްނުކުރުމަށް ބުނެ އެމެރިކާ އިން އުތުރު ކޮރެއާ އިންޒާރުދީފިއެވެ.

އާދީއްތަ ދުވަހު ޕެންޓަގަންގެ ތަރުޖަމާނު ގެރީ ރޮސް ވިދާޅުވީ ހަމަނުޖެހުންތަކަށް ފުރުސަތު ލިބޭފަދަ ވާހަކަތައް ނުދެއްކުމަށް އުތުރު ކޮރެއާ އަށް ގޮވާލާ ކަމަށާއި، އިޚްލާސްތެރިކަމެއް ނެތި ވާހަކަތައްވެސް ނުދެއްކުމަށް ގޮވާލާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގޮތުން އުތުރު ކޮރެއާ އަށް ކުރުން ލާޒިމު ކުރާ ކަންކަން ކުރުމަށްވެސް ރޮސް ގޮވާލެއްވިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ގެރީ ރޮސް އިތުރަށް ވިދާޅުވީ އުުތުރު ކޮރެއާ އިން ސީރިއަސް ވާހަކަތަކަށް މިހާރު އަންނަންވެއްޖެ ކަމަށާއި އުތުުރު ކޮރެއާ އިން ކުރިއަށް ގެންދާ މަނާ ހަތިޔާރު ޕްރޮގްރާމަކީ އެމެރިކާގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ސޮން-ރިއޮލް ވިދާޅުވީ އުތުރު ކޮރެއާ އިން އިތުރު މިސައިލް ޓެސްޓުތަކެއް ކުރުން މަތީ ދެމިތިބޭއިރު އެކަން ކުރާނީ، ކޮންމެ ހަފްތާ އަކު، މަހަކު އަދި އަހަރަކު ކަަމަށެވެ.

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ނުހަނު ބޮޑަށް އުތުރު ކޮރެއާ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ބީބީސީ އަށް ދެއްވި އިންޓަވިއުގައި އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ވިދާޅުވީ، އުތުރު ކޮރެއާ ކުރާ މިސައިލް ޓެސްޓްތަކާ ގުޅިގެން އެމެރިކާއިން އަސްކަރީ ގޮތުން ފިޔަވަޅު އަޅައިފި ނަމަ "ފުރިހަަމަ ހަނގުރާމަ އަކަށް ކަންކަން ބަދަލުވާނެ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު