Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގައި ކުއްލި ހާލަތު

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

ދެ ޗާޗަކަށް ދިން ހަމަލާއެއްގައި 44 މީހުން މަރުވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 10 އެޕްރީލު 2017 | ހޯމަ 10:39
ޓަންޓާ އާއި އެލެގްޒެންޑްރިއާގައި އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްގެ ނަމުގައި އުޅޭ ޖަމާއަތުން ވަނީ ނަގާފަ

ޓަންޓާ އާއި އެލެގްޒެންޑްރިއާގައި އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްގެ ނަމުގައި އުޅޭ ޖަމާއަތުން ވަނީ ނަގާފަ

މިސްރުގެ ދެ ފައްޅިއަކަށް ދިން ހަމަލާއެއްގައި 44 މީހުން މަރުވި ހާދިސާތަކަށް ފަހު ތިން މަސްދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީީސީގެ މި ފިޔަވަޅާއެކު މިސްރުގެ އިދާރާތަކަަށް ކޯޓް އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމާއި މީހުންގެ ގެދޮރު ބަލާފާސްކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

ޓަންޓާ އާއި އެލެގްޒެންޑްރިއާގައި އާދީއްތަ ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްގެ ނަމުގައި އުޅޭ ޖަމާއަތުންވަނީ ނަގާފައެވެ.

އެ ޖަމާއަތުގެ ހަމަލާ މިފަހަރު އަމާޒުކޮށްފައިވަނީ މިސްރުގެ ކްރިސްޓިއަނުންނަށް ކަމަށްވާއިރު އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރުވަނީ ދީފައެވެ.

ނޭޝަނަލް ޑިފެންސް ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ރައީސް ސީސީ ވަނީ ރިޔާސީގަނޑުވަރުގައި ތަގުރީރެއްދެއްވާފައެވެ.

ސީސީ ވިދާޅުވީ ކުއްލިހާލަތު ވަގުތުން ތަންފީޒުވީ ކަމަށާއި ގާނޫނު އަދި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ސީސީއަށް ތާއީދުކުރެއެވެ.

ރައީސް ސީސީ މީގެ ކުރިން ވަނީ ގައުމުގެ މުހިއްމު ބިނާތައް ހިމާޔަތް ކުރުމަށްޓަކައި މުޅިގައުމުގެ އެކި ކަންކޮޅުތަކަށް އަސްކަރިއްޔާ ނެރުމަށް އަމުރުކުރައްވާފައެވެ.

ހަމަލާދިން ދުވަސް އިއްތިފާގު ވެފައި ވަނީ ކްރިސްޓިއަނުންގެ މުގައްދަސް ދުވަހެއް ފާހަގަ ކުރަމުންދިއަ ދުވަހާއެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ފުރަތަމަ ހަމަލާ އަމާޒުވި، ސީިރިޔާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޓަންޓާގައި ދިން ހަމަލާގައި މަދުވެގެން 27 މީހުން މަރާލިއެވެ.

އައިއެސްއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާދީފައި ވަނީ ޖާނުންފިދާވުމުގެ ދެ ހަމަލާއެއްގެ ގޮތުގައި ކަމަށެވެ

އޭގެ ގަޑިއެއްހާއިރު ފަހުން ފުލުހުންވަނީ އެލެގްޒެންްޑްރިއާގެ ކޮޕްޓިކް ޗާޗަށް ހަމަލާދޭން ދިއަ ފިރެހެނަކު ޗާޗަށް ވަނަ ނުދީ ހިފަހައްޓާފައެވެ. އޭނާގެ އަތުގައި އޮތް ބޮން ގޮއްވާލާފައި ވަނީ ޗާޗްގެ ބޭރުގައި ކަމަށްވާއިރު 17 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އެތައް ބައިވަރު ފުލުސް އޮފިސަރުންނެއް ހިމެނެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު