Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީޒްމަނަށް އަނިޔާވެ ކުޅުމާ ދުރަށް

ގްރީޒްމަނަށް އަނިޔާވެ ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ

12 ޖުލައި 2020 | އާދީއްތަ 11:51

ގްރީޒްމަން އަށް ސްޕެނިޝް ލީގުގެ ކުރިޔަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ

އަތޫފް އާތިފް
އަތޫފް އާތިފް | 12 ޖުލައި 2020 | އާދީއްތަ 11:51
އެންޓޮއިން ގްރީޒްމަން: އަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެ

އެންޓޮއިން ގްރީޒްމަން: އަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެ

މި ސީޒަނުގައި ބާސެލޯނާއާ އަލަށް ގުޅުނު ފްރާންސްގެ ހުނަރުވެރި ފޯވާޑް އެންޓޮއިން ގްރީޒްމަނަށް އަނިޔާވެ، ސްޕެނިޝް ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

29 އަހަރުގެ ފޯވާޑަށް އަނިޔާވީ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ވަޔަޑޮލިޑް އަތުން ބާސާ 1-0 ން މޮޅުވި މެޗުގެ ތެރެއިންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ބާސާގެ ކޯޗު ކީކޭ ސެޓެއިން ބުނީ ގްރީޒްމަން ބަދަލުކުރަން ޖެހުނީ އޭނާ އަމިއްލައަށް އެކަމަށް އެދުމުން ކަމަށާއި، އޭނާގެ އަނިޔާގެ މައްސަލައަށް އެއްޗެކޭ ބުނަން އިނގޭނީ ރިޕޯޓުތައް ލިބުމުން ކަމަށެވެ.

ބާސާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގްރީޒްމަންގެ ޓެސްޓު ރިޕޯޓުތައް ލިބިފައިވާ ކަމަށާއި، އޭނާގެ ކަނާތު ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާއާ ގުޅިގެން މި ސީޒަނުގެ ސްޕެނިޝް ލީގުގައި ދެން އޭނާ ފެނުގެ ފުރުސަތު ކުޑަ ކަމަށެވެ.

ގްރީޒްމަނަށް އަނިޔާވިއިރު، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ގްރީޒްމަން ވިއްކާލަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސާއިން އޭނާ ވިއްކާލަން މަސައްކަތް ކުރަނީ 100 މިލިއަން ޔޫރޯއަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކުރީގެ ކްލަބު އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 120 މިލިއަން ޔޫރޯ ބާސާއިން ދެއްކުމުންނެވެ. އޭނާ ބާސާ އާއެކު ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ގައެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ބާސާއަށް ކުޅެދިން 46 މެޗުގައި ގްރީޒްމަނަށް ކާމިޔާބުކުރެވިފައިވަނީ 15 ލަނޑެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް