Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 އެޕްރީލު 2017 | ހޯމަ 13:38
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނައިބް ރައީސް މޫސާ މަނިކްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުން ސޮޔާއެކު ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އާއްމުކޮމެޓީން ނިންމާފައިވާ ގޮތަށް މަޖިލީހުގައި ވޯޓަށް އެހުމުން އެގޮތަށް ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު ފަރާތްތަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެމާއްދާއަށް މިވަގުތުން ފެށިގެން އަމަލުކުރަން ފެށުނީ ކަމަށާއި އަދި އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއް މަޖިލީހުގައި ނެތް ކަމަށް ވެސް މަސީހު ވަނީ އިއުލާން ކުރައްވާފަ އެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން އާދިއްތަ ދުވަހު ހަވީރު ކުއްލިގޮތަކަށް އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ)އަށް އިސްލާހު ހުށަހަޅާ، (އ)ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން 31 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވަނީ ވެސް އާދިއްތަ ދުވަހު އެވެ. މޫސަގެ އިތުބާރު ނެތް ކަމަށް 15 މެންބަރުންގެ ސޮޔާ އެކު ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލަ އަންގާރަ ދުވަހަށް އޮތީ އެޖެންޑާކޮށްފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު