Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ޝަރީއަތް: ދައުވާއާ ގުޅޭ އާ ވަހަކައެއް ދިފާއުގައި ދައްކަވާފައެއް ނުވޭ

8 ޖުލައި 2020 | ބުދަ 14:11

ރައީސް ޔާމީން އެދިވަޑައިގެންނެވުމުގެ މަތިން އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ނިންމާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖުލައި 2020 | ބުދަ 14:11
ރައީސް ޔާމީނާއި ގާނޫނީ ވަކީލު ޖަމީލު ފުލުސް އޮފީހުން ނިކުންނަވަނީ: ރައީސް ޔާމީންގެ މައްޗަށް ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ

ރައީސް ޔާމީނާއި ގާނޫނީ ވަކީލު ޖަމީލު ފުލުސް އޮފީހުން ނިކުންނަވަނީ: ރައީސް ޔާމީންގެ މައްޗަށް ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވެ، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި މައްސަލާގައި، އިސްތިނާފު މަރުހަލާގެ، ފަހު އަޑުއެހުމަށް އައިއިރު، ދިފާއުގައި އާ ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު، ހައިކޯޓުގައި ބޭއްވީ، އިސްތިއުނާފް މައްސަލައިގެ، ފަހު އަޑުއެހުން ކަމަށްވިޔަސް، ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތިން ވަނީ އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ. ނަމަވެސް ބުދަ ދުވަހުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި ދައުލަތުގެ ގާނޫނީ ވަކީލުން ހުލާސާ ގޮތެއްގައި ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތައް ނުވަތަ ނުކުތާތައް ފާހަގަކުރުމަށް ކޮންމެ ފަރާތަކަށް ވެސް 30 މިނެޓްގެ ވަގުތު ކޮޅެއް ދެއްވާފައެވެ. އަދި އިތުރު އަޑުއެހުމެއް ބާއްވައި ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވީ ފަހު ބަހަކަށް އެމަނިކުފާނު ވިދާޅުވާ ބޭނުންފުޅުވާ ވާހަކަފުޅެއް ދެއްކެވުމަށް، އެމަނިކުފަނުގެ އެދިވަޑައިގެންނެވުމުގެ މަތިން ދެއްވި 10 މިނެޓްގެ ފުރުސަތުގައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި 75 ނުކުތާއެއް، ހައިކޯޓަށް ވަރަށް ތަފްސީލީ ގޮތެއްގައި ޝަރީއަތަށް ވަނީ މީގެކުރިން ބޭއްވި އަޑުއެހުންތަކުގައި ހުށަހަޅުއްވާފައެވެ. އަދި އެ 75 ނުކުތާއާ ގުޅިގެން ދައުލަތުން ވެސް ވަނީ ޖަވާބު ދެއްވާފައެވެ. އެހެންކަމުން ބުދަ ދުވަހު ޝަރީއަތުގައި އޮތީ ހުލާސާ ގޮތެއްގައި ދެ ފަރާތުން ދައްކަން ހުރި ވާހަކަތައް ދެއްކެވުމަށް ފުރުސަތު ދެއްވުމެވެ.

މި ފުރުސަތުގައި ވެސް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ ކުރިންވެސް ފާހަގަ ކުރެއްްވި ވާހަކަތައް ހުލާސާ ގޮތެއްގައެވެ. އަދި ދައުލަތުން ވެސް ވަނީ ހުލާސާ ގޮތެއްގައި އެވާހަކަތަކެއް ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.

ބުދަ ދުވަހުގެ ޝަރީއަތުގައި މައިގަޑު ގޮތެއްގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ފާހަގަކުރެއްވީ، އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، އެއީ ގއ. ވޮޑުމުލާ ގެ އިކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެއްވެސް ގޮތަކަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. ހަމައެކަނި އޮތީ ދައުލަތުން ބުނާ ބަސް އެކަނި ކަމަށް ވެސް ގާނޫނީ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.

މީގެއިތުރުން ޖަމީލް ވަނީ، ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ހެކިބަހާއި އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަހަކީ، މި މައްސަލާގައި ބަލައިގެންވާނެ ހެކިބަސްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މުއައްވިޒު ފުލުސް އޮފީހަށް ފޮނުވި ސިޓީއަކަށް މިތަހުގީގު ހިންގާ، ދައުވާ ކުރިއިރު، މުއައްވިޒު ކުރިން ދީފައިވާ ބަޔާނާއި ފަހުން ކޯޓުގައި ދިން ހެކިބަހާ ދިމާ ނުވާ ކަމަށާއި، މުއައްވިޒު ދޮގު ހައްދަވާފައިވާ ކަމަށް ވެސް ޖަމީލު ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން މި ދައުވާއަކީ، ފުލުހުން ނުވެސް ހިންގާ ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވެސް ޖަމީލް ވިދާޅުވ އެވެ.

މީގެއިތުރުން، ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި އިޖުރާއަތުތަކާ ގުޅޭ ބައެއް ކަންކަން ޖަމީލު ފާހަގަ ކުރެއްވިއެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލި ފަނޑިޔާރުންގެ ބެންޗުގެ އިސްގާޒީ، މި މައްސަލައާ ގުޅުންހުރި ކަމަކާ ގުޅޭގޮތުން، މީޑިއާއަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ޖަމީލު ފާހަގަ ކުރެއްވިއެވެ.

ޖަމީލުގެ އެވާހަކަތަކަށް ދައުލަތުގެ ގާނޫނީ ވަކީލާ ރައްދު ދެއްވައި ވިދާޅުވީ، ކުރިން ވެސް މިކަންކަން ދިފާއުގައި ފާހަގަ ކުރައްވާފައިވާތީ، ދައުލަތުން ލިޔުމުން ޝަރީއަތަށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެެ. ނަމަވެސް ގާނޫނީ ވަކީލާ ވަނީ ހުލާސާ ގޮތެއްގައި، ޖަމީލު ފާހަގަ ކުރެއްވި ކަންކަމަށް ޖަވާބު ދެއްވާފަ އެވެ.

ހުލާސާ ގޮތެއްގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، މިއީ މަނީ ލޯންޑަރިންގެ ދައުވާއެއް ކަމަށާއި، މިފަދަ ތަހުގީގުތައް ހިންގުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށް ކަމަށްވާތީ، މި ތަހުގީގު ހިންގީ ފުލުހުން ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީންނާއި ފުލުހުން ގުޅިގެން ހިންގި ނަމަވެސް މިއީ ތަފާތު މައްސަލައެއް ކަމަށާއި މިއީ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ތަހުގީގެއް ކަަމަށާއި އަދި ދައުވާއެއް ކަމަށެވެ.

އެހެންކަމުން މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް މުއައްވިޒާއި ޒިޔަތާއި އަދި އަދީބު ދެއްވާފައިވާ ބަޔާނާއި، ހެކިބަހާއި، އަދި ވަށައިގެން ހިނގާފައިވާ ކަންކަމަށް ބަލާއިރު، މިއީ ސާބިތުވާ މައްސަލައެއް ކަމަށާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް