Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ

މަޖިލީހުގެ ރައީސަށް ތާއީދެއް ނެތް- ރޮޒޭނާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 އެޕްރީލު 2017 | ހޯމަ 12:18
އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ

އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ

މަޖިލީހުގެ ރައީސްގެ ގޮނޑި ދެމެހެއްޓޭނީ ގޮޑީގައި ޑަންޕޮލްލައިގެން އެކަނި ކަމަށާއި އެމަނިކުފާނަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށް އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް މިއަދު ފެނިގެންދަނީ، އެމަނިކުފާނަށް ނެތް ތާއީދެއް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި މިއީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރޮޒޭނާ ވިދާޅުވީ، ތާއީދު ނެތް ގޮޑިއެއްގައި އިންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

" ޑައްލޮޕު ފުޅިއެއްތޯ ބޭނުނައްވަނީ ތަތްކޮށްފަ އަޅުގަނޑުމެން ބައިންދާއިދޭން. އަޅުގަނޑަށް ހީވަނީ އަމީންއާއްމު ލައްވާ އެކަން ކުރެވޭނެހެން. ތާއީދު ނެތަސްވެސް ގަދަލަމުން ތި ގޮނޑީގައި މަނިކުފާނު އިންނަންވެގެން ތިކުރައްވާ މަސައްކަތުން އަޅުގަނޑުމެން ހައިރާންވެ އަންތަރީސް ވާވަރުވޭ" ރޮޒޭނާ ވިދާޅުވި އެވެ.

މިހާރު ހުށަހަށާއަޅާފައިވާ އިސްލާހަށް ބަލާ އިރު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅުމަށް ވެސް 29 މެންބަރުންގެ ސޮއި ބޭނުންވާކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ރައީސުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ސިމްޕަލް މެޖޯރިޓީ ބޭނުންވާ އިރު މަޖިލީހަށް 22 މެންބަރުން އައި ނަމަ 11 މެންބަރުންގެ ވޯޓުން މި މައްސަލަ ނިމޭ ކަމަށް ރޮޒޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް 42 މެންބަރުން ވޯޓާއި އެކު މަޖިލީހުގެ ރައީސުގެ މައްސަލަ ވެއްދޭގޮތަށް ފާސްކުރުމަށް ނިންމެވުމަކީ އެއްގޮތަކަށްވެސް މިކަމުގެ ހަމައެއް ނެތްކަން ސާބިތުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އިންސާފުން ކުރައްވަމުންގެންދަވާ ކަމެއް ނޫން ކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މެންބަރުން މިއަދު މިގޮތަށް ކަންތައްތައް ކުރައްވަމުން ގެންދަވަނީ މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށާއި އެހެން ނޫންނަމަ އެއް މެންބަރުގެ ސޮޔާ އެކު ވެސް މައްސަލަ ވެއްދުމަށް އެ މެންބަރުންގެ އިއުތިރާޒެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ މަޖިލީހަށް ގެންނަ އިސްލާހުތަކަކީ ޑިމޮކްރަސީގެ އުސޫލުތަކާއި މުޅިން ހިލާފަށް ކުރަމުންގެންދާ ކަމެއް ކަމަށެވެ.

" މުޅި މަޖިލީހުގެ ބާރުތައް ގެންދަން މަސައްކަތް ކުރާ މަސައްކަތުގެ ސަބަބުން މަޖިލީހުގެ މެންބަރުވެސް މީގެ ހިތި ނަތީޖާ ދެކޭން ޖެހިދާނެ" ރޮޒޭނާ ވިދާޅުވި އެވެ.

ރޮޒޭނާ ވަނީ ސަރުކާރުން ހިންގަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ވިދާޅުވެ ސަރުކާރުން ނުފޫޒާ ބާރު ފޯރުވުމަށް ކުރައްވަމުން ގެންދަވާ ކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު