Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށަށް އުދައެރުން

ކުރިޔަށް އޮތް ދެ ދުވަހުވެސް އުދަ އަރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

5 ޖުލައި 2020 | އާދީއްތަ 14:38

ހަތަރު ރަށަކަށް ވަނީ އުދައިގެ އަސަރުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޖުލައި 2020 | އާދީއްތަ 14:38
ގދ. ތިނަދޫ އަށް އުދައަރައި، ބަނދަރު ސަރަހައްދުގައި ލޮނުގަނޑު ބޮޑުވެފައި

ގދ. ތިނަދޫ އަށް އުދައަރައި، ބަނދަރު ސަރަހައްދުގައި ލޮނުގަނޑު ބޮޑުވެފައި

މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްތަކަށް އުދައިގެ އަސަރު ކުރަމުންދާއިރު، ކުރިޔަށް އޮތް ދެ ދުވަހު ވެސް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުދައިގެ އަސަރުކޮށްފައިވަނީ، ގދ. ފަރެސްމާދޮޑާ ވ. ރަކީދޫ އަދި ގދ. ތިނަދޫގެ އިތުރުން އއ. އުކުޅަހަށެވެ. މި ރަށްތަކަށް އެރި އުދައިގެން ސަބަބުން ބަނދަރުގައި އަޅާފައި ހުރި ބޯޓު ފަހަރުތަކަށް އޭގެ އަސަރު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، އެ ރަށަށް އުދައިގެ އަސަރު ކުރަން ފެށީ އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކަމަށެވެ. އަމްޖަދު ވިދާޅުވީ، އުދައިގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވީ، އާދިއްތަ ދުވަހު އުދައިގެ އަސަރު ކޮށްފައިވަނީ މީގެ ކުރިން ނުކުރާ ވަރަށް ކަމަށެވެ. ތިނަދޫގެ ގިނަ ފިހާރަތަކާއި އަދި ހޮސްޕިޓަލް ހުންނަނީ ބަނދަރު ސަރަހައްދުގައި ކަމަށް ވާތީ، ކުރިޔަށް އޮތް ދުވަސްތަކުގައި އުދައިގެ އަސަރު އެ ތަންތަނަށް ކޮށްފާނެތީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރިއެވެ.

އަމްޖަދު ވިދާޅުވި ގޮތުގައި، ތިނަދޫ އަށް އުދައެރުން، ބަސްތާ ޖަހައިގެން ހައްލެއް ނުގެނެވޭނެ އެވެ. ހައްލަކީ ބޭރު ތޮށްޓެއްލުމެވެ.

ތިނަދޫގައި ބޭރު ތޮއްޓެއް ނެތުމުގެ ކަންބޮޑުވުން ކައުންސިލުން ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ސަރުކާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެނެސްފައެވެ. އަމްޖަދު ވިދާޅުވީ، މިހާރުގެ ހާލަތު އޮތް ގޮތުން ލަފާ ފުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ވ.ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ، ރަށުގެ ގެތަކަށް އުދައިގެ އަސަރުކޮށް ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. ރަށު ތެރެއަށް ވެސް ލޮނުގެ އަސަރު ވަނީ ކޮށްފައެވެ.

ރަކީދޫ އަށް ހޮނިހިރު ދުވަހުން ފެށިގެން އުދައިގެ އަސަރު ދަނީ ކުރަމުންނެވެ. ކައުންސިލުން ބުނީ، އެ މައުލޫމާތުތައް ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަކީދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އުދައަރާ މައްސަލަ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ސަރުކާރުގެ ސަމާލުކަށް ގެންދިޔަ މައްސަލަ އެއް ކަމަށެވެ. އެކަމަކު މިހާތަނަށް އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބުން އެއީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބުނެފައެވެ. މެޓުން ބުނެފައިވާ ގޮތުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، އެންމެ ދެކުނުގެ ކަނޑުތައް ގަދަވާނެއެވެ.

އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް