Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއާޕާސަން އިންތިހާބް

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 12 ފެބުރުއަރީ 2017 | އާދީއްތަ 23:30
ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުން ރާއްޖޭގައި ސުލްޙަވެރި ސިޔަސީ ހަރަކާތްތައް ހިންގަމުންދާ އެންމެ ކުޅަދާން އަދި އެންމެ މަޤުބޫލު ސިޔާސީ ޕާޓީކަން ހާމަވެއްޖެކަމަށް އެޕާޓީން ބުނެފިއެވެ.

ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަންގެ މާގަމު ކަށަވަރުކުރުމާ ގުޅިގެން އާދީއްތަ ދުވަހު އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި އިންތިޙާބުގައި ވޯޓުލަން އެއްވެސް މަޖުބޫރުކަމެއް ނުވަތަ ބިރެއް ނެތި، ޕާޓީގެ މެމްބަރުންގެ ތެރެއިން 25،000 އަށްވުރެ ގިނަ މެމްބަރުން ޖޯޝާއި ފޯރީގައި ވޯޓުލުމުގައި ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. ވޯޓުލުމުގެ ހަރަކާތްތައް ހިންގުމަށް ސަރުކާރުން އެއްވެސް އިމާރާތެއް ދޫކުރުމަށް އިންކާރުކޮށް ހުރަސްއަޅާފައިވަނިކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައާއި ސްރީ ލަންކާގެ ކޮލަމްބޯގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި ކުރިއަށް ގެންގޮސްފައިވުމުން އެނގެނީ ސުލްޙަވެރި ސިޔަސީ ހަރަކާތްތައް ހިންގަމުންދާ އެންމެ ކުޅަދާން ސިޔާސީ ޕާޓީ އަކީ އެމްޑީޕީން ކަން ކަމަށް، އެ ޕާޓީން ބުނެ އެވެ.

ޗެއާޕާސަން އިންތިޙާބުގައި ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ ޙަސަން ލަތީފުކަމުގައި ވީނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދުގައި ވާގޮތުން ޗެއާޕާސަންކަމަށް ހޮވިވަޑައިގަތުމަށް މެމްބަރުންގެ އަދަދުން 10 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވަންޖެހެއެވެ. ޙަސަން ލަތީފަށް އެއަދަދަށްވުރެ އިތުރަށް އެތައް ހާސް ވޯޓު ލިބިވަޑައިގެންފައިވާކަން އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު