Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭގައި މީހުން ވަޅުލުން

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އިސްލާމިކް މިނިސްޓްރީން ދަނީ އޮޅުވާލަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2017 | އާދީއްތަ 21:06
މާލޭ އާ ސަހަރާ

މާލޭ އާ ސަހަރާ

މާލޭ ވިލިމާލޭގައި މަރުވާ މީހުން ކުރިއަށް އޮތް ދެ އަހަރު ދުވަހު މާލޭ އައު ސަހަރާގައި ވަޅުލާނެ ޖާގަ އެބަ އޮތް ކަމަށް މާލޭ ސިޓީ ކައުންސިލް މެމްބަރު ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަމާއު މިގޮތަށް ވިދާޅުވީ މާލެ އާއި ވިލިމާލެއިން މަރުވާމީހުން ހުޅުމާލޭ ސަހަރާގައި ވަޅުލާ ގޮތަށް އިސްލާމް މިނިސްޓްރީން ނިންމުމާ ގުޅިގެނެވެ. ފެބުރުއަރީ މަހުން ފެށިގެން މާލޭގައި މަރުވާ މީހުންގެ ޖަނާޒާގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ހުޅުމާލޭ ސަހަރާގައި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސަމާއު ވިދާޅުވީ މާލޭ ވިލިމާލޭގައި މަރުވާމީހުން އިސްލާމިކް މިނިސްޓްރީން ހުޅުމާލޭ އައު ސަހަރާގައި ވަޅުލާ ގޮތަށް ނިންމީ ރައްޔިތުންނަން ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ. މާލޭ އައު ސަހަރާގައި ޖާގަ ނެތް ކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް، އެ ސަހަރާގައި ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެސް މީހުން ވަޅުލާނެ ޖާގަ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭ އަދި ވިލިމާލޭގައި މަރުވާމީހުން ކުރިއަށް އޮތް ދެ އަހަރު ދުވަހު ވަޅުލާނެ ޖާގަ އާސަހަރާގައި އެބަ އޮތް، ކަނޑައެޅިގެން ދޮގު އިސްލާމިކް މިނިސްޓްރީން އެ ހަދަނީ" ސަމާއު ވިދާޅުވިއެވެ.

އެމްބިއުލާންސްގައި، މައްޔިތާ އުފުލާފެރީ ހޮސްޕިޓަލުން ނަސަންދުރާ ކުރިމައްޗަށް ގެންގޮސްދެނީ 60 ރުފިޔާއަށާއި އެމްޓީސީސިގެ ފެރީގައި މައްޔިތާ ހުޅުމާލެއަށް ގެންގޮސް ދެނީ 600 ރުފިޔާއަށް ކަމަށް ޝަމާއު ވިދާޅުވި އެވެ. ހުޅުމާލޭ ސަހާރައަށް ވެހިކަލެއްގައި ގަބުރު ގެންގޮސްދެނީ 160 ރުޔިޔާއަށެވެ.

ސަމާއު ވިދާޅުވީ އައިޖީއެމްޗުން މަރުވާ މީހުން މިހާރު ދެ ގަޑީއިރު ތެރޭގައި ހޮސްޕިޓަލުން ނެރެ އެމްބިއލާންސަށް އަރުވާން ޖެހޭ ކަމަށާއި އެ ހޮސްޕިޓަލުން އެގޮތަށް އަމަލުކުރަން ފެށުމުން، ރައްޔިތުންނަން އިތުރު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީ ފެރީގައި މައްޔިތާއާއެކު ތިން މީހުންނަން ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސުމުން، ޖަނާޒާގައި ބައިވެރިވާން ބޭނުންވާ އެންމެނަން ޖަނާޒާގައި ބައިވެރިނުވޭ ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ. އަދި އެމްޓީސީސީ އެއްފަހަރާ ދެ މައްޔިތުން ގެންދެވޭގޮތަށް ފަރުވާ ކޮށްފައިވާ ފެރީ އަކީ އެކަމަށް އެންމެ އެކަށީގެންވާ ފެރީއެއް ނޫން ކަމަށް އެނާ ވިދާޅުވިއެވެ.

މި ނިންމުން ނިންމާ ސަރުކާރުންވަނީ މާލޭ ސަރަހައްދުގެ މީހުން ވަޅުލުމުގެ ހުރިހާ ކަމެއްވެސް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ މާލޭ އައު ސަހަރާގައި ތަޅުއަޅުވާފައެވެ. މި ބަދަލާއި ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު