Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މިމަހުގެ 8ގައި ހައިކޯޓުގައި

5 ޖުލައި 2020 | އާދީއްތަ 07:55

އިސްތިއުނާފްގެ މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން 75 ނުކުތާ ހުށަހެޅި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޖުލައި 2020 | އާދީއްތަ 07:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބޭފުޅުން ކްރިމިނަލް ކޯޓުން، އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި: އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކުގެ ތުހުމަތ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން ބުނީ، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން މިމަހުގެ 8 ވަނަ ދުވަހުގެ 13:00 އަށް އެކޯޓުގައި ތާވަލް ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޝަރީއަތުގެ ބައެއް އަޑުއެހުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހައިކޯޓުގެ ޝަރީއަތްކުރާ މާލަމުގަ ކަމަށް ވެސް ހައިކޯޓުން ބުނެއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވަނީ، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އާގުޅިގެން، ކްރިމިނަލް ކޯޓުގައި އެދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި މައްސަލައެވެ.

މި މައްސަލާގައި މިދިއަ މާރޗު މަހު 5 ވަނަ ދުވަހު، ހައިކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން، ހުށަހަޅާ ދިފާއީ ހުރިހާ ނުކުތާއެއް ހުށަހަޅާ ނިންމާލާފައެވެ.

އިސްތިއުނާފް މައްސަލާގައި މައުލޫއީ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ ދިފާއުގައި 75 ނުކުތާ މިމައްސަލާގައި ހުށަހަޅާފައިވެއެވެ. އެހެންކަމުން ދެން އޮންނާނީ ދައުލަތުން ޖަވާބުދާރީ ވުމެވެ.

ރައީސް ޔާމީންގެ ދިފާއުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެ ކުށުގެ ރުކުންތައް ފުރިހަމަ ނުވާކަމަށާއި އަދި ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާކަން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން، ވޮޑަމުލާގެ ފައިސާ ހޯދުމަށް ރައީސް ޔާމީން ގުޅުއްވިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތު ކޯޓުގައި ދީފައިވާ ހެކިބަސް ފިޔަވާ އެހެން އެއްވެސް ހެއްކެއް ނެތްއިރު، އަދި ޒިޔާތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހަކަށްވާތީ، އޭނާގެ ހެކިބަހަކީ ގަބޫލު ކުރެވޭނެ ހެކިބަހެއް ނޫންކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީނުގެ ދިފާއުގައި، ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގިއިރު، ލިޔެކިޔުންތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަމަށާއި އެކަށީގެން ވަގުތު ދީފައިނުވާކަން ފާހަގަކުރައްވައި، 75 ނުކުތާގެ މައްޗަށް އެކުލެވޭ އެބަޔާން ނިންމާލަމުން އެދިފައިވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ބާޠިލު ހުކުމެއް ކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އާގުޅިގެން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު 28 ގަ އެވެ.

ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދާއިރު، ދާދިފަހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާއަކާއި ކޮރަޕްޝަންގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔަމީންގެ މައްޗަށް ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް