Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލޭ ސަފާރީ ރޭޕް ކޭސް

ސަފާރީ ކޭސް: "ވިކްޓިމް" ރުހޭނަމަ ޖެންޑަރ ކޮމިޓީން ސީދާ ވިކްޓިމްގެ ބަސް ހޯދަނީ

ޕީޖީގެ ޤާނޫނީ ދައުރު އެންމެ ފުރިހަމައަށް އަދާކުރޭތޯވެސް ކަށަވަރު ކުރަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2020 | ހޯމަ 10:52
ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި 5 ކަމެއް ވަނީ ފާސްކޮށްފައި

ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި 5 ކަމެއް ވަނީ ފާސްކޮށްފައި

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަނިޔާ ލިބުނު "ވިކްޓިމް"ގެ ބަހެއް ހޯދުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ ދިރާސާ ކޮށްފައިވާއިރު، މެމްބަރުންގެ ފަރާތުން މައިގަނޑު 5 ކަމެއް ހުށައަޅައި ފާސްކޮށްފައިވެއެވެ. އެގޮތުން މި ހާދިސާއާ ގުޅިގެން ދެކެވޭ ވާހަކަތަކާއި، ވިކްޓިމްއާ ޙަވާލާދީ ނޫސްތަކުގައި ފެތުރޭ ޚަބަރުތަކުގައިވެސް ފުށުއެރުންތަކެއް ހުރުމާއެކު، މިކަމުގައި ސީދާ ވިކްޓިމްގެ ބަހެއް ކޮމިޓީން ހޯދުން މުހިއްމުކަން ކޮމިޓީ މެމްބަރުން ފާހަގަ ކޮށްފައިވެއެވެ. އެއާއެކު، އަނިޔާލިބުނު މީހާ ރުހޭނަމަ، އޭނާ ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދުމަށް ކޮމިޓީން ފާސް ކޮށްފައި ވެއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ޢަމަލު ކޮށްފައިވާ ގޮތް ތަފްސީލުކޮށް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ ކުރިއަށްދާއިރު، ތަހުޤީޤު އެންމެ ރަނގަޅަށް ކުރިއަށްދާކަން ކަށަވަރު ކުރުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މުހިއްމު ޒިންމާތަކެއް ހިމެނޭކަން ފާހަގަ ކުރައްވައި މެމްބަރު އިމްތިޔާޒު ވިދާޅުވީ، ޕީޖީގެ ޤާނޫނީ ދައުރު އެންމެ ފުރިހަމައަށް އަދާކުރޭތޯ ވެސް ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

މެމްބަރު އިމްތިޔާޒުގެ މި ހުށައެޅުއްވުމަށް ކޮމިޓީގެ މެމްބަރުން ވެސް ތާއިދު ކުރައްވައި ވާހަކަ ދައްކަވާފައި ވެއެވެ. އެގޮތުން މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި މެދު ޕީޖީގެ ހޯދުންތަކަކީ ކޮބައިކަން ކޮމިޓީން ބަލައި، އެކަމަށް މަޝްވަރާ ކުރުމަށް މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. އަދި އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މި މައްސަލައިގެ "ސީން" އަށް ދިޔަ އޮފިސަރާއި ބައްދަލުކުރުމާއި، ސްޓޭޝަން އިންޗާރޖާއި ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، މިފަދަ މައްސަލައެއްގައި އަނިޔާލިބުނު ފަރާތަަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެވިފައި ވޭތޯ ކަށަވަރު ކުރުމަށް، ޖެންޑަރ މިނިސްޓްރީއަށް ހުށައަޅައި، އެ މައުލޫމާތު ކޮމިޓީން ސާފު ކުރުމަށް ވެސް މެމްބަރުން ފާސްކޮށްފައި ވެއެވެ.

ފަސްވަނަ ކަމެއްގެ ގޮތުން މެމްބަރުން ވަނީ މި މައްސަލައާއި ގުޅިގެން ސީދާ އަނިޔާ ލިބުނު ފަރާތާ ޙަވާލާދީވެސް އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހާ އިތުރަށް ފުރައްސާރައަށް (ވިކްޓިމް ބްލޭމްވުމަށް) ހުށައެޅިގެންދާކަމަށް މެމްބަރުން ވިދާޅުވިއެވެ. އެއާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނައުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ.

ކޮމިޓީން ފާސްކުރި ކަންކަން:

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަންކުރައްވައިފި

02 އޯގަސްޓު 2017
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަންކުރައްވައިފި
13 ޖުލައި 2017

ދަޢުލަތުން 163 ކުދިން ބަލަހައްޓަމުން ގެންދޭ: ޖެންޑަރ މިނިސްޓަރ

13 ޖުލައި 2017
ދަޢުލަތުން 163 ކުދިން ބަލަހައްޓަމުން ގެންދޭ: ޖެންޑަރ މިނިސްޓަރ
12 ޖުލައި 2017

އެމްޑީއޭގެ ނަޒީރާ ޖެންޑަރ މިނިސްޓްރީ ކޯޑިނޭޓަރުކަމަށް އައްޔަން ކުރައްވައިފި

12 ޖުލައި 2017
އެމްޑީއޭގެ ނަޒީރާ ޖެންޑަރ މިނިސްޓްރީ ކޯޑިނޭޓަރުކަމަށް އައްޔަން ކުރައްވައިފި
31 މެއި 2017

ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ

31 މެއި 2017
ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ
31 މެއި 2017

ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ

31 މެއި 2017
ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު