Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ

އަހަރު ނިމުނު އިރު ހުރި ފައިސާއަކީ ކޮން ފައިސާއެއްކަން އެނގޭކަށް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 31 މެއި 2017 | ބުދަ 20:20
ޖެންޑަރ މިނިސްޓަރ ބޭރުގެ ބޭފުޅަކާ ބައްދަލު ކުރައްވަނީ: މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މައްސަލަތައް އެބަހުރި

ޖެންޑަރ މިނިސްޓަރ ބޭރުގެ ބޭފުޅަކާ ބައްދަލު ކުރައްވަނީ: މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މައްސަލަތައް އެބަހުރި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މިދިޔަ އަހަރު ނިމުނު ހުރި 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދޭކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެވެ.

އޮޑިޓަރ ޖެނެރަލް މިފަދައިން ވިދާޅުވީ އެމިނިސްޓްރީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައެވެ.

Advertisement - newsAdvertisement

ޖެންޑަރ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވާގޮތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ 2016 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވަނީ 7583046 (ހަތް މިލިއަން ފަސް ސަތޭކަ އަށްޑިހަ ތިން ހާސް ސާޅީސް ހައެއް) ރުފިޔާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފައިސާއެއްކަން އެންގެން ނެތްކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

ސަބަބެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް (އިޕްސަސް) ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" ގެ 1.4.9 ގައި ބަޔާންކޮށްފައިވާ ގޮތައް އެފައިސާގެ ތަފްސީލް މިނިސްޓްރީން މާލީ ބަޔާނުގެ ނޯޓް ތަކުގައި ނުވާތީ ކަމަށެވެ. އެގޮތުން މިނިސްޓްރީއަށް ޚަރަދު ކުރުމުގެ ހުއްދަ އޮތް ފައިސާއާއި މިނިސްޓްރީގައި ހުރިނަމަވެސް އެފައިސާ ޚަރަދުކުރުމުގެ ހުއްދަ މިނިސްޓްރީއަށް ނެތް ފައިސާގެ ތަފްސީލް ހިމަނާފައި ނުވާކަން ފާހަގަ ކުރާކަމަށް ޖެންޑަރ މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަން އިސްލާހް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ލަފާދެއްވާފައިވަނީ "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް (އިޕްސަސް) ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" ގެ 1.4.9 ގައި ބަޔާންކޮށްފައިވާ ގޮތައް އަހަރު ނިމޭއިރު މިނިސްޓްރީގައި ހުންނަ ފައިސާގެ ތެރެއިން މިނިސްޓްރީއަށް ޚަރަދު ކުރުމުގެ ހުއްދަ އޮތް ފައިސާއާއި މިނިސްޓްރީގައި ހުރިނަމަވެސް އެފައިސާ ޚަރަދުކުރުމުގެ ހުއްދަ މިނިސްޓްރީއަށް ނެތް ފައިސާގެ ތަފްސީލް މާލީ ބަޔާނުގެ ނޯޓެއްގައި ހިމެނުމަށް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ 2015 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ނުވުމުން 2016 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ 2015 ވަނަ އަހަރުގެ ޢަދަދުތަކުގެ ޞައްޙަކަން ކަށަވަރުކުރެވެން ނެތްކަންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މާލީ ބަޔާނުގައި ހިމަނާފައިވާ އާމްދަނީ އާއި ޚަރަދު އަދި މާލީ ބަޔާނުގައި ހިމަނާފައިވާ އިތުރު މައުލޫމާތުގައި ހިމެނޭ މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ، އަހަރު ފެށުނުއިރު ހުރި ޖުމްލަ ކަށަވަރު ކުރެވެން ނެތްކަމަށް ވަނީ ބުނެފައެވެ. އަދި އަދި އަހަރު ފެށުނުއިރު ހުރި ނަގުދު ފައިސާގެ ޢަދަދަކީ ޞައްޙަ އަދަދެއްކަންވެސް ކަށަވަރު ކުރެވިފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު