Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަގްވާމީ ޗަލްޑްެ ހެލްޕ

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

މިދިޔަ އޭޕްރީލް މަހު އެކަނި 66 މައްސަލަ ގުޅައިގެން ހުށަހަޅާފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 18 މެއި 2017 | ބުރާސްފަތި 11:39
ރާއްޖޭގައި ހެލްޕްލައިނެއް ގާއިމްކޮށްފައިވަނީ 2009ގައި

ރާއްޖޭގައި ހެލްޕްލައިނެއް ގާއިމްކޮށްފައިވަނީ 2009ގައި

މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި 171 މައްސަލަ ޗައިލްޑް ހެލްޕްލައިންއަށް ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.

އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ދުވަހާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނީ މިދިޔަ އޭޕްރީލް މަހު އެކަނި، 66 މައްސަލަ ޗައިލްޑް ހެލްޕްލައިންނަށް ގުޅިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ، ޖިންސީ އަނިޔާއާއި ގުޅޭ މައްސަލަތައް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން، އިހުމާލުވުމުގެ މައްސަލަތަކާއި ޖިސްމާނީ އަނިޔާގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާ އާއި ހަނގާ ކުރުމުގެ މައްސަލަތައް ވެސް ރިޕޯޓްކުރެވިފައިވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް ކުޑަކުދިންނަށް ހިލޭ ގުޅޭގޮތަށް ޤާއިމްކޮށްފައިވާ ނަންބަރުތަކުގެ ބައިނަލްއަޤްވާމީ ވިއުގައިން "އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ" އަކީ މަރޗު 17 ވަނަ ދުވަހު އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރު ހިލޭ ގުޅޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ޗައިލްޑް ހެލްޕްލައިން "1412" ޤާއިމްކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ.

މިހެލްޕްލައިން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން އަނިޔާ އާއި އިހުމާލުގެ މައްސަލަތަކުގައި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުޑަކުދިންނަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑރަ މިނިސްޓްރީން ބުނެ އެވެ.

މި ހެލްޕްލައިންއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތެއް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ކޯލް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތާއި ރިޕޯޓްކުރާ މައްސަލަތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ޖެންޑަރ މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު