Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

ކުއްޔަށް ހިފީ ދައުލަތަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތް ކުރުމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2017 | ބުދަ 08:55
އޭސީސީ: މާލިއްޔަތު ގަވާއިދާ ޚިލާފުވި ނަމަވެސް ކޮރަޕްޝަނުގެ އަމަލެއް ސާބިތުވާ ވަރަަށް ހެއްކެއް ނެތް

އޭސީސީ: މާލިއްޔަތު ގަވާއިދާ ޚިލާފުވި ނަމަވެސް ކޮރަޕްޝަނުގެ އަމަލެއް ސާބިތުވާ ވަރަަށް ހެއްކެއް ނެތް

މާލިއްޔަތު ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ސަފާރީތަކެއް ކުއްޔަށް ހިފީ ދައުލަތަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތް ކުރުމަށް ކަމަށް ބުނެ، އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.

އޭސީސީ އިން އެގޮތަށް ނިންމާފައިވަނީ، ސާކް ސަމިޓާ ގުޅިގެން އެކޮމޮޑޭޝަން ހަމަޖެއްސުމަށް ކަނޑުމަގުގެ ދަތުރުތަކަށް ކުއްޔަށްހިފި ހަ ސަފާރީ ކުއްޔަށް ހިފާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ސާކް ސަމިޓާގުޅޭ 2011ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.

Advertisement - newsAdvertisement

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސާކް ސަމިޓުގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް ހަ ސަފާރީއެއް ކުއްޔަށްހިފާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އިޢުލާނުކުރުމަކާނުލައި ކަމަށްވީ ނަމަވެސް، އެ ސަފާރީތައް ކުއްޔަށްހިފާފައި ވަނީ ސާކް ސަމިޓަށް އެކިއެކި ގައުމުތަކުން ގެންނަން ހަމަޖެހިފައިވާ ވަފުދުތަކުގައި ހިމެނޭ އަދަދަށް ވުރެ އިތުރަށް، އިތުރު ފަރާތްތަކެއް އަންނާނެ ކަމަށް އެގައުމުތަކުން އެންމެ ފަހު ވަގުތު އެންގުމުން ދުރާލައި ބޭރުގެ ވަފްދުތައް ބޭތިއްބުމަށް ހަމަޖައްސާފައިވާ ދެ ރިސޯޓުން އިތުރު ފަރާތްތަކަކަށް އެކޮމޮޑޭޝަން ހަމަޖެއްސެން ނެތިގެން ދަޢުލަތަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތްކުރުމަށް ކޮންމެހެން މަޖުބޫރުވެގެން ކަމަށެވެ.

އޭސީސީން ބުނީ އެންމެ އަގު ހެޔޮ ގޮތަކަށް އެކަން ހަމަޖެއްސެން އޮތީ ސަފާރީތަކެއް ކުއްޔަށް ހިފައިގެންކަމަށް ސާކް ޓާސްކް ފޯހަށް ފެނުމުން އެގޮތަށް ނިންމީ ޚާއްސަ ހުއްދައެއްގެ ދަށުންކަން ތަހުގީގަށް އެނގޭތީ އާއި، ސަފާރީތައް ކުއްޔަށް ހިފާފައިވަނީ ސާކް ސަމިޓު ފެށެން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހަށް ވެފައިވަނިކޮށްކަން ސަފާރީތައް ކުއްޔަށްހިފުމަށް ވެފައިވާ އެއްބަސްވުންތަކުން އެނގޭތީ، އިޢުލާނުކޮށްގެން އެ ޚިދުމަތްދޭނެ ފަރާތެއް ހޯދާނެ މުއްދަތު ނެތްކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

އޭސީސީން ބުނީ ކުއްޔަށް ހިފާފައިވާ ހަ ސަފާރީގެ ތެރެއިން ފަސް ސަފާރީއަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ 50 އިންސައްތަ ދިނުމަށް އެއްބަސްވެ އެ ފައިސާ ދޫކޮށްފައިވަނީ، ކުއްޔަށް ދޫކުރި ފަރާތްތަކުން އަގު އެއްކޮށް ދެއްކުމަށް އެދިފައިވާތީ އެފަރާތްތަކާ ކުރި މަޝްވަރާގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުލީގެ 50 އިންސައްތަ ދިނުމުން ނޫނީ ޚިދުމަތް ފޯރުކޮށްދެވެން ނެތް ކަމަށް ބުނެފައި ވާތީ، އެ މައްސަލަ އޭރުގެ ފޮރިން މިނިސްޓަރަށް ހުށަހެޅުމުން ސާކް ޓާސްކް ފޯހުގައި މަޝްވަރާކުރުމަށް ފަހުކަން ތަހުގީގަށް އެނގޭ ކަމަށެވެ.

އެކަންކަން ފާހަގަކޮށް އޭސީސީން ވަނީ، ސަފާރީތައް ކުއްޔަށްހިފުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނެ ހެއްކާއި ގަރީނާ ލިބިފައިނުވާތީ، މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅާފަ އެވެ. މީގެ އިތުރުން ސާކް ސަމިޓަށް ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް ވެސް އޭސީސީން މީގެ ކުރިން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ހަލާކު ކުރަނީ އިންޑިއާއިން: ނަވާޒް ޝަރީފް

ސާކް ހަލާކު ކުރަނީ އިންޑިއާއިން: ނަވާޒް ޝަރީފް

26 ޖުލައި 2017
ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި

ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި

06 ޖުލައި 2017
ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި  ކުއްޔަށް ހުޅުވާލައިފި

ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި ކުއްޔަށް ހުޅުވާލައިފި

12 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު