Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑަރ މިނިސްޓްރީ

ދަޢުލަތުން 163 ކުދިން ބަލަހައްޓަމުން ގެންދޭ: ޖެންޑަރ މިނިސްޓަރ

ކުދިން ބަލަހައްޓަމުން ގެންދަނީ 3 މަރުކަޒެއްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ޖުލައި 2017 | ބުރާސްފަތި 11:28
 މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރައްވަނީ

މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރައްވަނީ

ދަޢުލަތުން 163 ކުދިން ބަލަހައްޓަމުން ގެންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ކުދިންނަކީ މުޖުތަމަޢުގައި ކާމިޔާބު ބަޔަކަށް ހެދުމަށް މީޑިއާއިން ކޮށްދެވޭނެ ކަންތައްތަކަށް އަލިއަޅުވާލުމުގެ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރަންސްގައި މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދަޢުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިން ބަލަހައްޓަމުން ގެންދަނީ ތިން މަރުކަޒެއްގައި ކަމަށާއި އެއީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތި ކަމަށެވެ.

Advertisement - newsAdvertisement

"މިކުދިންނަކީ އާއިލާގެ ފަރާތުން އެކި ކަހަލަ އަނިޔާއާ އިހުމާލު ތަހައްމަލުކުރަންޖެހިފައި، އެކުދިންގެ އާއިލާގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން ނުލިބުމުގެ ސަބަބުން އެ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުދިން. އެއްވެސް ހާލެއްގައި އެކުދިންނަށް ދިމާވެފައިވާ ކަންތައްތަކަކީ އެކުދިންގެ ކުށެއް ނޫން. މިގޮތުން ވިހާފައި ތުއްތު ކުއްޖާ ދޫކޮށްލާފަ ދާއިރު، އެކުއްޖާގެ މަންމަ މާބަނޑުއިރު މަސްތުވާތަކެތި ބޭނުންކޮށްފައިވާތީ ވިހާއިރުވެސް އެކުއްޖާގެ ހަށިގަނޑުގައި އޭގެ އަސަރު ފެންނަން ހުރޭ. ޑްރަގް ވިތުޑްރޯވަލް ސިމްޕްޓަމްސް އައުމާއި އޭގެ އިތުރުން ވަރަށް ގިނަ ބޭސްތަކަށް އެކުދިންގެ ހަށިގަނޑު ރެސިސްޓަންޓްވުމުގެ ސަބަބުން ވަރަށް ގިނަ ދުވަސްތައް ހޮސްޕިޓަލްގައި ހޭދަކުރަންޖެހޭ ތުއްތު ކުދިން ހިމެނޭ،" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓަރ ޒެނީޝާ ވިދާޅުވީ ޖިސްމާނީ އަނިޔާގެ މައްސަލަތަކުގައި ނަގާ ކުދިންތަކުގެ ތެރޭގައި ތަންތަނުގައި އައްސައި އަނިޔާކުރުމުގެ ސަބަބުން ގައިން ލޭ އައިސް ނޫފައިގަނެފައި ހުންނަ ކުދިން ހިމެނޭ ކަމަށާއި ތުއްތު އިރުއްސުރެ އާއިލާގެ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިން ހިމެނޭ ކަމަށެވެ. އަދި މައިންބަފައިން ކުދިންގެ ކުރިމަތީގައި މާރާމާރި ހިންގައި އެވާހަކަތައް ކުދިން ހިއްސާކޮށްފި ނަމަ އެކުދިންނަށް ގެއްލުންދޭނެ ކަމަށް ބުނެ މައިންބަފައިން ބިރުދައްކާފައިވާ ކުދިން ވެސް ހިމެނޭ ކަމަށެވެ.

"ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއަކަށް ނިސްބަތަވާ ޤައުމެއްގައި މައިންބަފައިންނާއި އާއިލާގެ ލޯބިން މަހްރޫމްވެފައިވާ މިހާ ގިނަ އަދަދެއްގެ ކުޑަކުދިން ތިބުމަކީ އަޅުގަނޑުމެން އެންމެން ވެސް ހިތާމަކުރަންޖެހޭ ކަމެއް. މިކަހަލަ އަނިޔާތައް ތަހައްމަލުކޮށްފައިވާ 163 ކުދިންގެ މަންމަ އާއި ބައްޕަގެ ޒިންމާ އަޅުގަނޑުމެން މިނަގަނީ. މީގެ 9 އަހަރުކުރިން އަޅުގަނޑު ކުޑަކުދިންގެ ހިޔާއަށް ފުރަތަމަ ޒިޔާރަތްކުރި ދުވަހުން ފެށިގެން ވެސް މިކުދިންނަކީ މާޒީގައި އަޅުގަނޑުމެންނަށް އިހުސާސްކުރަން އުނދަގޫ، ވަރަށް ހިތާމަވެރި ކަންތައްތަކެއް ތަހައްމަލުކުރަންޖެހިފައިވާ ކުދިންކަމުގައި ވީނަމަވެސް މިކުދިންނަކީ ވަރަށް އާދަޔާ ހިލާފަށް ހިތްވަރުގަދަ ކުދިންކަން އެނގުނު،" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ މިކަހަލަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ދަޢުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއައްތަކުންނާއި އަމިއްލަ ފަރުދުންދެއްވާ އެއްބާރުލުން އުފަލާ އެކީ ފާހަގަކުރާ ކަމަށާއި މުސްތަޤްބަލުގައި ވެސް މިއަށްވުރެ ބޮޑަށް އެއްބާރުލުން ހުރިހާ ފަރާތްތަކުން ވެސް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޕްރެސް ކޮންފަރަންސް ނިންމާލަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ މިކުދިންނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެންމެ ބޮޑު ރޯލެއް އަދާކުރި އެއް ފަރާތަކީ މީޑިއާތައް ކަމަށާއި މިނިސްޓްރީގެ އުންމީދަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކުއްޖަކީ ވެސް ބާރުވެރި، ހޭލުންތެރި، މުޖުތަމަޢުއިން ބަލައިގަންނާނެ ނަމޫނާ ކުދިންތަކަށް ވެގެންދިޔުން ކަމަށވެެ. އަދި އެކި ބާވަތުގެ އަނިޔާ އާއި އާއިލާގެ އިހުމާލުގެ ސަބަބުން ލޯބިން މަހްރޫމްވެފައިވާ ކުދިންގެ އަދަދު މުސްތަޤްބަލުގައި މަދުވެގެންދިޔުން ކަމަށެވެ. އަދި އެންމެން ގުޅިގެން މިކަހަލަ ކުދިންނަށް ދިމާވާ އަނިޔާތައް ހުއްޓުވަން މަސައްކަތްކުރާ މުޖުތަމަޢުއެއް ދިވެހިރާއްޖޭގައި ބިނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު