Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީ

ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ

31 މެއި 2017 | ބުދަ 15:50

ކުޑަކުދިންނާ ގުޅޭ ކުށުގެ މައްސަލަތަކަށް ބަލާއިރު، ވައްކަން ކުރުމުގެ ތިން މައްސަލަ، މަސްތުވާތަކެތު ގެންގުޅުމުގެ ދެ މައްސަލަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 މެއި 2017 | ބުދަ 15:50
ކުޑަކުދިންނަށް ކުރާ ގޯނާތަކުން ސަލާމަތް ކުރުމަށާއި މައްސަލަތައް ރިޕޯޓް ކުރުމަށް ގުޅޭނެ ނަމްބަރު

ކުޑަކުދިންނަށް ކުރާ ގޯނާތަކުން ސަލާމަތް ކުރުމަށާއި މައްސަލަތައް ރިޕޯޓް ކުރުމަށް ގުޅޭނެ ނަމްބަރު

އެކި ބާވަތްތަކުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލައެއް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމުގެ ތިން މައްސަލައާއި މަސްތުވާތަކެތި ގެންގުޅުމުގެ ދެ މައްސަލައިގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ ދެ މައްސަލަ ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އަހުލަގީ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިންގެ އަހުލާގީ މައްސަލަތަކުގެ 16 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި "ޓެމްޕަރ ޓެންޓްރަމްސް" އާ ގުޅޭ އަށް މައްސަލައާއި ގޯނާކުރުމުގެ ތިން މައްސަލައާއި ގެއިން ފިލައިގެން ދިޔުމުގެ ދެ މައްސަލަ އަދި ހަނގާކުރުމުގެ ދެ މައްސަލަ ހިމެނޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ހައްޤުތަކުން ކުޑަކުދިން މަހްރޫމްކުރުމާ ގުޅޭ ތިން މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވާއިރު، އެއީ ސިއްޙީ ފަރުވާ ފޯރުކޮށްނުދިނުމުގެ ދެ މައްސަލަ އަދި ތައުލީމް ފޯރުކޮށްނުދިނުމާ ގުޅޭ މައްސަލައެއްވެސް ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ޖެންޑަރ މިނިސްޓްރީން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 ހުށަހަޅާފައިވާ ކަމަށެވެ. މިއީ މިދިއަ އޭޕްރީލް މަހުގެ ތެރޭގައި ހުށަހެޅުނު ކުޑަކުދިންނާ ގުޅޭ 272 މައްސަލައިގެ ތެރެއިން 15 ޕަސެންޓް ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަމަށެވެ. ޖިސްމާނީ އަނިޔާގެ 21 މައްސަލަ ތެރެއިން 18 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 13 މައްސަލައާއި އިހުމާލުވުމުގެ ހަތަރު މައްސަލައާއި ބިރުދެއްކުމުގެ ތިން މައްސަލަ އަދި ޖިންސީ އަނިޔާގެ ތިން މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 21 މައްސަލަ އޭޕްރިލް މަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ 13 މައްސަލަ އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އަށް މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓްކޮށް، އެޓެންޑްކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް