Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއެލްއެސް އަލުން ފެށުން

އެމެރިކާގެ މޭޖާ ލީގުން 20 ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

މޭޖާ ލީގު އަލުން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 ޖޫން 2020 | ހޯމަ 09:53
މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އޯލަންޑޯ ސިޓީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އޯލަންޑޯ ސިޓީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ 20 ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން މޭޖާ ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. މިހާރު ލީގު އަލުން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހެވެ. ލީގު އަލުން ފަށައިގެން ހުރިހާ މެޗުތަކެއް ކުޅުމަށް ނިންމާފައިވަނީ ފްލޮރިޑާގެ ސިޓީއެއް ކަމަށްވާ އޯލަންޑޯގައި ހުންނަ ޑިޒްނީ ވޯލްޑް ރިސޯޓުގައެވެ.

ލީގު އަލުން ފެށުމުގެ ކުރިން މޭޖާ ލީގުން އަންނަނީ ކްލަބުތަކުގެ ކުޅުންތެރިންނާ އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން ޑިޒްނީ ވޯލްޑް ރިސޯޓަށް ކްލަބުތަކުގެ ކުޅުންތެރިން ދިޔުމުގެ ކުރިން، 668 ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. އެފަހަރު ކުރިއަށް ގެންދިޔަ ޓެސްޓު ތަކުން 18 ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓު ތަކުން އިތުރު ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވިކަން މޭޖާ ލީގުން ވަނީ ހާމަކޮށްފައެވެ.

މޭޖާ ލީގުން 20 ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، އެކި ކްލަބުތަކުން 6 އޮފިޝަލަކުވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާކަން މޭޖާ ލީގުން ވަނީ ހާމަކޮށްފައެވެ.

މޭޖާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، މީގެ ކުރިން މޭޖާ ލީގުން ވަނީ މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިން އިވެންޓެއް ކެންސަލް ކޮށްފައެވެ. މޭޖާ ލީގުން ކެންސަލް ކޮށްފައިވަނީ މިއަހަރުގެ އޯލް-ސްޓާ މެޗާއި، ލީގްސް ކަޕްގެ އިތުރުން ޗެމްޕިއަންސް ކަޕެވެ. މޭޖާ ލީގުން ބުނީ މިއަހަރުގެ އިވެންޓުތައް ކެންސަލް ކުރި ނަމަވެސް، އަންނަ އަހަރު މި އިވެންޓުތައް ބާއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި

ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި

18 ޖޫން 2018
ރާއްޖެއިން ވޯޓު ދިނީ އުތުރު އެމެރިކާގެ ބިޑަށް

ރާއްޖެއިން ވޯޓު ދިނީ އުތުރު އެމެރިކާގެ ބިޑަށް

13 ޖޫން 2018
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އުތުރު އެމެރިކާގެ ތިން ގައުމުގައި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އުތުރު އެމެރިކާގެ ތިން ގައުމުގައި

13 ޖޫން 2018
އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

08 ޑިސެމްބަރު 2017
ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް

ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް

26 ޖުލައި 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު