Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިނަދޫ ޓީމު

ސްޕެއިން ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ނުވަ ކުޅުންތެރިއަކު ތިނަދޫއަށް

ތިނަދޫއަށް ގެނެސްފައިވަނީ ސްޕެއިންގެ ޔޫއެފާ ޕްރޯ ލައިސަންސް ކޯޗެއް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 26 ޖުލައި 2017 | ބުދަ 16:50
މާލެ ލީގުގައި އީގަލްސް އާއި ނިއު ބައްދަލުކުރި މެޗެއްގެ ތެރެއިން

މާލެ ލީގުގައި އީގަލްސް އާއި ނިއު ބައްދަލުކުރި މެޗެއްގެ ތެރެއިން

ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ، އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ގދ. ތިނަދޫއަށް ސްޕެއިންގެ ކޯޗަކާއި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ނުވަ ކުޅުންތެރިއަކު ގެނެސްފިއެވެ.

ތިނަދޫ އަށް ގެނެސްފައި ވަނީ ކްލަބު އީގަލްސްގެ އުންމީދީ މިޑްފިލްޑަރު، އަހުމަދު ރިޒުވާން (ރިޒޭ) އާއި، އިބްރާހިމް މުބީން (މުއްކި) އާއި، ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) ގެ އިތުރުން ޑިފެންޑަރު އަހުމަދު ނޫމާން ޔޫސުފް (ހެލްމެޓް) އަދި ހުސެއިން ޝިފާއު ޔޫސުފެވެ.

މީގެ އިތުރުން ވިކްޓްރީއަށް ކުޅެމުން އައި މިޑްފީލްޑަރު ނިޔާޒާއި އާދިލް އަބްދުލް ރަހްމާން ވެސް ވަނީ ތިނަދޫ އަށް ގެންގޮސްފައެވެ. މިފަހަރުގެ ޓްރާންސްފާގައި ވިކްޓްރީގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ވަނީ ޓީމު ދޫކޮށްލާފައެވެ.

މިފަހަރުގެ އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަން މާޒިޔާގައި ހިމެނުނު އަލީ ހައިޝަމް (ޗުއްޕު) އާއި ޓީސީ އަށް ކުޅެމުން އައި އަލީ އިމްރާނާއި، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ކްލަބް ޒެފްރޯލްގެ ޑިފެންޑަރު އަބްދުﷲ ޒުބައިރު (ޒުއްބަ) ވެސް ވަނީ ތިނަދޫއާ ގުޅިފައެވެ. ޒުއްބަ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް ވެސް ކުޅެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއަށް ގެނެސްފައި ވަނީ ސްޕެއިންގެ، ޔޫއެފާ ޕްރޯ ލައިސަންސް އޮތް ކޯޗެކެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު