Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ރާއްޖެއިން ވޯޓު ދިނީ އުތުރު އެމެރިކާގެ ބިޑަށް

މިއީ އެސޯސިއޭޝަންތަކުގެ ވޯޓުން މިފަދަ ކަމެއް ނިންމި ފުރަތަމަ ފަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 16:56
ފީފާގެ ކޮންގްރެސްގައި ޖަވާޒް އަދި ބައްސާމް ބައިވެރިވެވަޑައިގަންނަވަނީ

ފީފާގެ ކޮންގްރެސްގައި ޖަވާޒް އަދި ބައްސާމް ބައިވެރިވެވަޑައިގަންނަވަނީ

ވޯލްޑް ކަޕް 2026 ވަނަ އަހަރުބޭއްވުމަށް ފީފާގެ މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގައި ރާއްޖެ އިން އުތުރު އެމެރިކާގެ ބިޑަށް ވޯޓު ދީފިއެވެ.

އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯގެ އިތުރުން އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ އަދި މެކްސިކޯގެ އިތުރުން ކެނެޑާ އެއްކޮށް "ޔުނައިޓެޑް 2026" ގެ ނަމުގައި ބިޑުކޮށްފައި ވެއެވެ. މި ބިޑު ފީފާގެ މެމްބަރު 200 ގައުމުގެ ތެރެއިން 134 ގައުމުގެ ވޯޓާއެކު ކާމިޔާބުކުރީ "ޔުނައިޓެޑް 2026" ގެ ބިޑެވެ. މި ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މި ވޯޓް ނަގާފައި ވަނީ ބުދަ ދުވަހު ރަޝިއާގައި ބޭއްވި ފީފާގެ 68 ވަނަ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން ބައްސާމްގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންގްރެސް ވެގެންދިޔައީ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައަޅާފައި ވަނީ ފީފާގެ އެގްޒެކްޓިވް ކައުންސިލްއަށެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2018

ޕްރިމިއާ ލީގު: އުތުރު ލަންޑަންގެ ދެ ޓީމު ވެސް މޮޅުވެއްޖެ

12 މާރިޗު 2018
ޕްރިމިއާ ލީގު: އުތުރު ލަންޑަންގެ ދެ ޓީމު ވެސް މޮޅުވެއްޖެ
19 ޖެނުއަރީ 2018

ފީފާ ރޭންކިން: ފަސް ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއިން ހޯދިއިރު ޖަރުމަނުން އެއްވަނަ ދިފާއުކޮށްފި

19 ޖެނުއަރީ 2018
ފީފާ ރޭންކިން: ފަސް ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއިން ހޯދިއިރު ޖަރުމަނުން އެއްވަނަ ދިފާއުކޮށްފި
10 ޖެނުއަރީ 2018

ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް

10 ޖެނުއަރީ 2018
ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް
09 ޖެނުއަރީ 2018

އަހަރެންނަށް ހައްގު ބެލެންޑޯ ދިނީ ރޮނާލްޑޯއަށް: ރިބެރީ

09 ޖެނުއަރީ 2018
އަހަރެންނަށް ހައްގު ބެލެންޑޯ ދިނީ ރޮނާލްޑޯއަށް: ރިބެރީ
08 ޑިސެމްބަރު 2017

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

08 ޑިސެމްބަރު 2017
އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު