Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯޕް ސޯލޯ

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

8 ޑިސެމްބަރު 2017 | ހުކުރު 12:34

އޮލިމްޕިކްސްއަށް ފަހު ސޯލޯ އެމެރިކާގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ޑިސެމްބަރު 2017 | ހުކުރު 12:34
ހޯޕް ސޯލޯ: މި މަގާމަށް އޭނާ ވާދަކުރާނެކަން އިއުލާނުކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި

ހޯޕް ސޯލޯ: މި މަގާމަށް އޭނާ ވާދަކުރާނެކަން އިއުލާނުކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ހޯޕް ސޯލޯ ވާދަކުރާނެކަން އިއުލާނުކޮށްފިއެވެ.

މިދިޔަ އަހަރު ބްރެޒިލްގެ ރިއޯޑެޖެނީރޯގައި ބޭއްވި އޮލިމްޕިކްސްއަށް ފަހު އެމެރިކާގެ ގައުމީ ޓީމަށް ސޯލޯ މެޗެއް ކުޅެދީފައެއް ނުވެއެވެ. ސޯލޯ ހުރީ ސްވިޑެންގެ ގައުމީ ޓީމަށް ނިސްބަތްކޮށް ބަދު ބަސްތަކެއް ބުނުމުގެ ސަބަބުން ހަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ސޯލޯގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ އެމެރިކާގެ ފުޓްބޯޅައަށް ބޭނުންވާ ކަންކަން އެނގޭ ކަމަށާއި އެކަންކަން ކުރުމުގެ ގާބިލްކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށް ބުނެފައި ވެއެވެ.

ހަމައެހެންމެ ތެދުވެރިކަމާއި އަމާނާތްތެރިކަ މާއެކު ކަންކަން ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އެންމެނަށް ހަމަހަމަ ފުރުސަތު އޭނާގެ ޒައާމަތުގައި ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ތަރައްގީކޮށް އެމެރިކާއަކީ ބައިނަލްލަގްވާމީ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސޯލޯގެ މި ޕޯސްޓުގައި ވެއެވެ.

ސޯލޯ ވެގެން ގޮސްފައި ވަނީ މި މަގާމަށް ވާދަކުރާނެ ކަމަށް އިއުލާނުކުރި ނުވަވަނަ ކެނޑިޑޭޓަށެވެ. އަދި ސޯލޯއަކީ އެ މަގާމަށް ވާދަކުރާނެކަން އިއުލާނުކުރި ދެވަނަ އަންހެން ކެނޑިޑޭޓެވެ. އޭނާގެ އިތުރުން މޭޖާ ލީގް ސޮކާގެ މާކެޓިން ކުންފުނި ކަމަށްވާ ސޮކާ ޔުނައިޓެޑްގެ މާކެޓިން ޑިޕާޓްމެންޓާއި ހަވާލުވެގެން ހުރި ކެތީ ކާޓާ ވެސް ވަނީ މި މަގާމަށް ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އާ ރައީސަކު އިންތިހާބު ކުރަން ޖެހުނީ އެ މަގާމުގައި މިވަގުތު ހުރި ސުނިލް ގުލާޓީ ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް މި ހަފްތާގެ ކުރީކޮޅު އިއުލާނު ކުރެއްވުމާ ވިދިގެންނެވެ.

ސޯލޯ ބުނީ އޭނާގެ ކެމްޕެއިން ބިނާކުރާނީ އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހިންގުން އިސްލާހުކޮށް އަންހެނުންގެ ހިއްސާ ފުޓްބޯޅައިގައި އިތުރުކޮށް ފުޓްބޯޅައަކީ އެމެރިކާގައި އަހަންމިއްޔަތުކަން ދޭ ކުޅިވަރެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

އުމުރުން 36 އަހަރުގެ ސޯލޯ މި މަގާމަށް ވާދަކުރާއިރު އޭނާވަނީ އެ ގައުމުގެ އަންހެން ގައުމީ ޓީމަށް 202 މެޗު ކުޅެދީފައެވެ. ހަމައެހެންމެ 17 އަހަރަށް ދިގު ދެމިގެންދިޔަ ކެރިއަރުގައި އޭނާ ވަނީ އެ ގައުމަށް ދެ އޮލިމްޕިކް ރަން މެޑަލްގެ އިތުރުން 2015 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައެެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް