Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް 2026

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އުތުރު އެމެރިކާގެ ތިން ގައުމުގައި

މި ވޯޓު އެ ތިން ގައުމުން ކާމިޔާބުކުރީ 134 މެމްބަރު ގައުމުގެ ވޯޓާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 12:41
ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ

ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ

ދުނިޔޭގެ ވާދައިގެ ތަށްޓައް ކުޅޭ ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރު ބޭއްވުމުގެ ބިޑު އުތުރު އެމެރިކާގެ ތިން ގައުމުން ކާމިޔާބުކޮށްފިއެވެ.

ރަޝިއާގެ މޮސްކޯގައި ބޭއްވި ފީފާގެ ކޮންގްރެސްގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް 200 މެމްބަރު ގައުމުން ވަނީ ވޯޓު ދީފައެވެ. އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯގެ އިތުރުން ބިޑުކުރީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ މެކްސިކޯ، ކެނަޑާ އަދި އެމެރިކާ ގުޅިގެންނެވެ.

މި ވޯޓު އެ ތިން ގައުމުން ކާމިޔާބުކުރީ 134 މެމްބަރު ގައުމުގެ ވޯޓާއެކުއެވެ. މިއީ ވޯޓުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ 67 އިންސައްތަ ވޯޓެވެ. މޮރޮކޯއަށް ލިބުނީ 65 ވޯޓާއެކު 33 އިންސައްތަ ވޯޓެވެ. އެއް ގައުމުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

ވޯލްޑް ކަޕްގައި ކުޅޭ 80 މެޗުގެ ތެރެއިން 60 މެޗު ބާއްވާނީ އެމެރިކާގައެވެ. މެކްސިކޯގައި 10 މެޗު އަދި ކެނެޑާގައި ވެސް ބާކީ 10 މެޗު ކުޅޭނެއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ކުޅޭނީ އެމެރިކާގައެވެ. އެމެރިކާގެ 10 ސިޓީއެއްގައި މުބާރާތުގެ މެޗުތައް ބާއްވާއިރު ކެނެޑާގެ ތިން ސިޓީއެއްގައި އަދި މެކްސިކޯގެ ތިން ސިޓީއެއްގައި ވެސް މެޗުތައް ކުރިޔަށްދާނެއެވެ.

އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯސް ކޯޑިއޭރޯ ބުނީ ފުޓްބޯޅައިގެ ތެރެއިން އެކުވެރިކަން އާލާކުރަން މިއީ ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މިއީ މުސްތަގުބަލަށް ވެސް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޑެސިއޯ ޑެ މާރިއާ ބުނީ މިއީ ފީފާގެ އައު ތަސައްވަރު ހަގީގަތަކަށް ހެދުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި މިފަދަ ފުރުސަތެއްގެ ބޭނުން ހިފާނީ ދުނިޔޭގެ ސުލްހަޔަށް ވެސް މަސައްކަތްކުރަން ކަމަށެވެ.

ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ސްޓީވެން ރީޑް ވިދާޅުވީ މިއީ ކެނެޑާ ފަދަ ގައުމަކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މިއީ ތާރީހުގައި ވެސް ބޭއްވޭ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިއީ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކޮށް މޮރޮކޯ ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ފަސްވަނަ ފަހަރެވެ. މޮރޮކޯއިން ވަނީ 1994، 1998 އަދި 2006 ގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ވެސް ބިޑުކޮށްފައެވެ.

އެމެރިކާއިން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވާފައެވެ. މި މުބާރާތް 2022 ވަނަ އަހަރު ބޭއްވުމަށް އެމެރިކާއިން ބިޑު ކުރި ނަމަވެސް އެ ބިޑު ވަނީ ނާކާމިޔާބުވެފައެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން މެކްސިކޯއިން ވަނީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވާފައެވެ. މިއީ ވޯލްޑް ކަޕް ކެނެޑާގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.

ވޯލްޑްކަޕްގައި 2026 ވަނަ އަހަރު 48 ޓީމު ވާދަކުރާނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު