Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ކާފިއު އުވާލުން

ދެ މަހަށް ފަހު ލަންކާގެ ވެރިރަށް ކޮލަމްބޯގެ ކާފިއު އުވާލަނީ

ކާފިއު އިއުލާނު ކުރަން ނިންމީ މިއަހަރުގެ މާރޗު މަހުގެ 20 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖޫން 2020 | އާދީއްތަ 09:46
ކޮލަމްބޯގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލަން މިހާރު ވަނީ ނިންމާފައި

ކޮލަމްބޯގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލަން މިހާރު ވަނީ ނިންމާފައި

ދެ މަސް ދުވަހުގެ މުއްދަތަކަށް ފަހު، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލުމަށް ނިންމައިފިއެވެ.

ސްރީލަންކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއު އިއުލާނު ކުރަން ނިންމީ މި އަހަރުގެ މާރޗު މަހުގެ 20 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކާފިއުއަށް ލުއިތަކެއް ދިނުމަށްފަހު، ފަހުން ނިންމާފައިވަނީ ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު ވަނީ އެއްކޮށް އުވާލާފައެވެ. ކާފިއު އުވާލި ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ލަންކާގެ ރައީސް އޮފީހާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އާބާދީގެ ގޮތުން ބަލާއިރު ލަންކާގައި ރިޕޯޓް ކުރެވުނު ކޮވިޑް-19 ގެ ކޭސްތައް ނިސްބަތުން މަދެވެ. މިހާތަނަށް ލަންކާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2033 މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޭރުގެ ގައުމުތަކުން ލަންކާއަށް އެތެރެވި އެ ގައުމުގެ ރައްޔިތުންނެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު