Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އަހަރީ ދުވަސް

ރައީސް ސޯލިހު އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

26 ޖޫން 2020 | ހުކުރު 13:43

އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޖޫން 2020 | ހުކުރު 13:43
އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 15 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެޕާޓީގެ އެންމެހާ މެންބަރުންނަށް ވިދާޅުވެއްޖެ އެވެ.

ރައީސްގެ އިތުރުންވެސް ޕާޓީގެ މެންބަރުންވެސް ދަނީ އެޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ސޯޝަލްމީޑިއާގައި ކިޔަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީން ނެރެފައިވާ ބަޔާންގައި ވަނީ ޕާޓީގެ ފިކުރު ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ފެށިގެން ދިއުންވީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެއްކަމުގައެވެ. އަދި މި ހިތްވަރާއި، މި ޢަޒުމާއި، މި ކާމިޔާބީއާއި، މި އުއްމީދު އެކުލެވިގެންވާ ދެވަނަ ސިޔާސީ ޙަރަކާތެއް ދިވެހިރާއްޖޭގައި މިއަދު ވެސް ނެތްކަމަށާއި، އެކަމުގެ ޙަޤީޤަތަކީ ޕާރޓީ ބިނާބެގެންވާ ފަލްސަފާއާއި އަސާސްތަށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ، އިޖްތިމާޢީ، ފަރުދީ، އަދި އިޤްތިޞާދީ މިނިވަންކަމާއި ޙައްޤުތަކާއި އިންސާފަށް ވަކާލާތުކުރާ އެންމެ ވަރުގަދަ މުއައްސަސާކަމުގައި އެމްޑީޕީ ވެފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ އޭގެ ސަބަބުން މިއަދާ ހަމައަށް ވެސް ރާއްޖޭގެ އެންމެ ތާއީދު ބޮޑު، އަދި މެމްބަރުން އެންމެ ގިނަ، ފަނޑުވުމެއް ނެތް ޕާރޓީކަމުގައި އެމްޑީޕީ ވެފައިވާކަމަށެވެ. އެމްޑީޕީ އަކީ ރައްޔިތުން ބާރުވެރިކުރެވޭނޭ ގޮތަށް، އިންތިޚާބުކުރެވޭ ތަފާތު ގިނަ ގުނަންތަކުގެ މައްޗަށް އެކުލެވިގެން، މުޅި ރާއްޖެއަށް ފެތުރި، ފުޅާވެފައިވާ އެންމެ އިންތިޒާމުވެގެން ހިންގޭ ޑިމޮކްރެސީގެ ހަރަކާތްކަމަށްވެސް ބަޔާނުގައިވެއެވެ.

ޕާރޓީ ވުޖޫދުވުމަށްފަހު ރާއްޖޭގެ ރައްޔިތުން ޕާރޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރައްވާފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުކުރައްވާފައިވާކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކާއި ވަޢުދުތަކުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އިންގިލާބީ ހެޔޮ ބަދަލުތައް މީގެކުރިން ވެސް ގެނެސްދެއްވާފައިވާކަމާއި، އަދި މިހާރު ވެސް ގެނެސްދެއްވަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޓެކްސްގެ ނިޒާމާއި، ހިލޭ ބޭސްފަރުވާ ކުރެވޭނޭ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ދަތުރު ފަތުރުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރަށް، ލާމަރުކަޒުކުރުމާއި، ގެސްޓް ހައުސްގެ ސިޔާސަތު ތަޢާރަފުކުރުމާއި، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމާއި، ދަރިވަރުންނަށް އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ބޯހިޔާވެހިކަމާއި ވެށިފަހި ޕްރޮގްރާމުން ގިނަގުނަ ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި، ރާއްޖެއިން ބޭރުން ކިޔެވުމަށް ކުޑަ އިންޓްރެސްޓްގައި ލޯނު ފަހިކޮށްދިނުމާއި، އިންސްޓިޓިޔޫޝަނަލް ރިފޯމްގެނައުން ފަދަ މުހިއްމު ބަދަލުތައް ޕާރޓީގެ ވެރިކަމުގެ ތެރެއިން ގެނެސްދީ، އަދި ގެނެސްދެމުންދާކަން އުފަލާއެކު ފާހަގަކާކަމަށް ބަޔާނުގައިވެއެވެ.

ބަޔާން ނިންމާލަމުން، ބުނެފައިވަނީ މާތް ﷲ ގެ ވާގިފުޅާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަބަދުވެސް ދެމިއޮންނާނީ ދިވެހިރާއްޖެއަށާއި ދިވެހިންނަށް ހެޔޮވެރިކަން ކޮށްދިނުމަށާއި، އިސްލާމީ އުސޫލުތަކާއި، ޑިމޮކްރެސީއާއި، އިންސާފާއި ހަމަހަމަކަން ނެގެހެއްޓުމަށް ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއާއެކު ސާބިތުކަމާއެކުގައެވެ.

ސިޔާސީ ޕާރޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް