Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ބޯޑަރު ހުޅުވާލުން

ފްލައިޓްތަކަށް ޝެޑިއުލް ނެހެދިފައި ތިބީ ބޯޑަރަށް ހަދާ އެއްޗެއް ނޭނގިގެން: އެމްއޭސީއެލް

22 ޖޫން 2020 | ހޯމަ 01:23

ރަސްމީކޮށް ބޯޑަރު ހުޅުވާލާނެ ތާރީހެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވޭ

އަމަން ހަލީމް
އަމަން ހަލީމް | 22 ޖޫން 2020 | ހޯމަ 01:23
އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ މޫސާ ސޯލިހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސަލާމްކުރައްވަނީ

އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ މޫސާ ސޯލިހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސަލާމްކުރައްވަނީ

ރާއްޖެއަށް ދަތުރުކުރަން އެދެމުން އަންނަ ފްލައިޓްތަކަށް ޝެޑިއުލް ނެހެދިގެން އުޅެނީ، ބޯޑަރަށް ހަދާ ގޮތެއް ނޭނގިގެން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި، ބޯޑަރު ހުޅުވާ ދުވަހަކާ ގުޅޭގޮތުން މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޫސާ ސޯލިހު ވިދާޅުވީ، އެންމެ ފުރަތަމަ މައުލޫމާތު ލިބުނީ ޖުލައި މަހުގެ 15ގައި ބޯޑަރު ހުޅުވާލަން ތައްޔާރުވަމުން އަންނަ ވާހަކަ ކަމަށެވެ. ނަމަވެސް، މިހާރު މި ތާރީހު އޮގަސްޓް މަހުގެ 1ވަނަ ދުވަހަށް ޝިފްޓްވާ ތަން ފެންނަ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއަރލައިންތަކުގެ ރިކުއެސްޓްތައް އަންނަ އިދާރާގެ ހައިސިއްޔަތުން ސިވިލް އޭވިއޭޝަނުން މި ތާރީހަށް މަޑުކުރަމުން އަންނަ ކަމަށް ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ، ސިވިލް އޭވިއޭޝަނަށްވެސް ޖަވާބެއް ނުދެވިގެން އުޅެނީ ބޯޑަރު ހުޅުވާލާނެ ތާރީހަކަށް "އާނއެކޭ" ނުބުނެގެން ކަަމަށް ވިދާޅުވިއެވެ.

މޫސާ ސޯލިހު އިތުރަށް ވިދާޅުވީ، ޖުލައި 1ގައި ބޯޑަރު ހުޅުވާލަން ނިންމި ކަމުގައިވީ ނަމަވެސް އެމްއޭސީއެލް އޮތީ ތައްޔާރަށް ކަމަށެވެ. އަދި ނިއު ނޯމަލްގައި އެއަރޕޯޓުގައި އަމަލުކުރާނެ ގޮތުގެ ކަރުދާސް ތައްޔާރުކޮށް ނިމިފައިވާއިރު، މިހާރު އޮތީ ރަސްމީކޮށް އެންޑޯޒްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި އެ ކުންފުނީގެ އިބްރާހިމް ހުސައިން ވިދާޅުވީ ނިއު ނޯމަލްގައި ފެށިގެންދާއިރު، ދުވާލެއްގެ މައްޗަށް 10 އިންޓަރނޭޝަނަލް ފްލައިޓް ޖައްސާނެ ކަމަށެވެ. ދަތުރުތައް ފަށަން އެދުނު އިންޓަރނޭޝަނަލް އެއަރލައިންތަކުގެ ތެރޭގައި ސްރީލަންކަން، އެމިރޭޓްސް، އިންޑިގޯ އަދި ގަތަރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކުރިން ހޭންޑްލް ކުރި ރޭޓަށް ބަލާއިރު، ތިިން ގުނަ ދަށް އަދަދެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން (ޑިސެމްބަރު-މާރޗު) އަންނަންވާއިރަށް މި އަދަދުތައް އިތުރުވެގެން ދާނެ ކަމަށް މޫސާ ސޯލިހު ވިދާޅުވިއެވެ. އެގޮތުން އެ ދުވަސްވަރު ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ހުރި އެއަރލައިންތަކުން، ސްލޮޓްތައް ބުކް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އަންނާނެ ފަސިންޖަރުންގެ އަދަދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، މޫސާ ސޯލިހު ވިދާޅުވީ އެމްއޭސީއެލްއިން އޮތީ އަންނަ މީހުންގެ އަދަދުތައް އިތުރުވާނެ މިންވަރަށް ހިދުމަތް ދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ގައިދުރުކަމާއި، އެޗްޕީއޭ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް، ފުލް ފްލައިޓަކަށް 20 މިނިޓުގެ ތެރޭގައި ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ކެޕޭސިޓީ އަންދާޒާ ކޮށްފައިވަނީ، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެއަރޕޯޓުން ދަތުރުކޮށްފައިވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ފަހު އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެ ކުންފުނިން ބުނީ ފާއިތުވި 45 ދުވަހުގެ ތެރޭގައި އެއަރޕޯޓުން ފުރާފައިވަނީ 7000 ފަސިންޖަރުން ކަމަށާއި، 1000ށް ވުރެ ގިނަ މީހުން ރާއްޖެއަށް އައި ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ރަސްމީ ތާރީހެއް މިހާތަނަށް އިއުލާން ކޮށްފައި ނުވީ ނަމަވެސް، އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަަން މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

ބޯޑަރު ހުޅުވާލުމުގެ ކުރިން ތައްޔާރުކުރަން ޖެހޭ، ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފައިނަލް ދެލިކޮޕީ ޓޫރިޒަމް މިނިސްޓްރީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފައެވެ. މި ލިޔުން ހިއްސާކުރި، "ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ފުރަތަމަ ބައްދަލުވުމުގައި، ދެން އޮންނަ ޓާސްކްފޯސް ބައްދަލުވުމެއްގައި ގައިޑްލައިނާ މެދު ގޮތެއް ނިންމާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖޫން 2017

ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ

19 ޖޫން 2017
ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ
13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
10 ޖޫން 2017

ފުވައްމުލަކަށް ސަރުކާރުގެ ތަސައްވުރެއް ނެތް، ރައްޔިތުން ތިބީ އޮޅުމެއްގެ ތެރޭގައި: މޭޔަރ ފަހާލް

10 ޖޫން 2017
ފުވައްމުލަކަށް ސަރުކާރުގެ ތަސައްވުރެއް ނެތް، ރައްޔިތުން ތިބީ އޮޅުމެއްގެ ތެރޭގައި: މޭޔަރ ފަހާލް
30 އެޕްރީލު 2017

ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން!

30 އެޕްރީލު 2017
ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން!
18 އެޕްރީލު 2017

ބްރޯޑްކޮމްގައި ތިބީ ގާބިލް ބައެއް ނޫން: އިންތި

18 އެޕްރީލު 2017
ބްރޯޑްކޮމްގައި ތިބީ ގާބިލް ބައެއް ނޫން: އިންތި
28 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް

28 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް
24 މާރިޗު 2017

ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް

24 މާރިޗު 2017
ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
19 ފެބުރުއަރީ 2017

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް