Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

ފުވައްމުލަކަށް ސަރުކާރުގެ ތަސައްވުރެއް ނެތް، ރައްޔިތުން ތިބީ އޮޅުމެއްގެ ތެރޭގައި: މޭޔަރ ފަހާލް

ސަރުކާރަށް ފުވައްމުލަކުގެ ރައްޔިތުންގެ އުންމީދުތައް ސާފެއް ނުވޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 10 ޖޫން 2017 | ހޮނިހިރު 22:16
ފުވައްމުލަކު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު

ފުވައްމުލަކު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު

ފުވައްމުލަކު ތަރައްޤީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ ތަސައްވަރެއް ނެތި ސިޓީއެއްގެ ދަރަޖަ ދިނުމުން ރައްޔިތުން ތިބީ އޮޅުންއަރާފައި ކަމަށް އެ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަން ފުވައްމުލަކު ރައްޔިތުންގެ އުންމީދުތައް ސާފުނުވާ ކަމަށެވެ. ސަރުކާރުގެ ތަސައްވަރެއް ނެތި ސިޓީއެއްގެ ދަރަޖަ ދިންކަމުގައި ވިޔަސް ތަރައްޤީ ނުވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުވައްމުލަކަށް ދިމާވަފައިވާ ރަށް ގިރުމުގެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ބޭނުންވާކަން ފާހަގަކުރަމުން ފަލާހް ވިދާޅުވީ އެރަށުގެ ރައްޔިތުން އުންމީދަކީ ފަތުރުވެރިކަމުގެ ދާއިރާ އެރަށުގައި ކުރިއަރާ ރަނގަޅު އާންމު ދަނީއެއް ލިބޭނެ ދުވަހަކަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަން ސަރުކާރުން އިސްލާހް ގެނެސް ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމުން މިއަދު އެ ސިޓީގެ ތަރައްޤީއަށް ރަށު ފެންވަރުގައި ކަންކަން ކުރުމަށް ވެސް ގޮންޖެހުންތަކާއި ކުރިމަތިވާކަން ފަލާހް ފާހަގަކުރިއެވެ. މިއަދު ފުވައްމުލަކު ސިޓީއަކަށް ބަދަލުކުރި ނަމަވެސް ސީޓީ ކައުންސިލުން މަސައްކަތަށް ބައްޓަން ކުރަންވީ ކޮންގޮތަކަށް ކަމެއް ވެސް ސާފެއް ނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

މިސާލު ޖައްސަވާ ވަހާކަ ދައްކަވަމުން ފަލާހް ވިދާޅުވީ ކައުންސިލްގެ ބާރުތައް ހަނިކޮށް ހައުސިންގް މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ކޮންކަހަލަ މަސައްކަތަކެއްތޯ ވެސް ސާފުނުވާ ކަމަށެވެ. އެސީޓީގެ މަގުތަކުގައި ޖަހާފައިވާ ހޮޅި ބައްތިތައް ބެލެހެއްޓުން ފަދަ ކަންކަން މިހާރު ހަވާލުކޮށްފައި ވަނީ ކޮން މުއައްސަސާއަކާ ކަން ވެސް ސާފުނުވާކަން ފާހަގަކުރައްވަމުން ފާލާހް ވިދާޅުވީ މިފަދަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެން ވަނީ އެހެން ސިޓީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ކަނޑައަޅައި ފުވައްމުލަކު ސިޓީގެ ބާރުތައްވެސް ރައީސް އަބްދުﷲ ޔާމީން ހަނިކުރައްވާފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ. އެހެންކަމުން ފަލާހް ވަނީ ކައުންސިލްގެ މިހާރުގެ ޒިންމާ އަކީ ކޮބާއިތޯ ސުވާލު އުފައްދާފައެވެ. މިހާރުން މިހާރަށް އެކައުންސިލަށް ކުރެވެން ހުރި މަސައްކަތަކީ ވިހާ މަރުވާ މީހުންގެ ރަޖިސްޓްރީ ބެލެހުއްޓުން ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ފުވައްމުލަކަށް ސިޓީއަކަށް ހަމަޖެއްސުމާއެކު ، ސިޓީ ކައުންސިލް ހިންގާނެ އޮނިގަނޑު ތަރުތީބް ކުރެއްވުމަށް ސަރުކާރަށް ތަކުރާރުކޮށް ދެންނެވިން ކަމަށެވެ. އެހެންނަމަވެސް އިދާރީ ގޮތުން ހިންގުމުގެ އޮނިގަނޑު ހަމަނުޖެއްސުމުން މިއަދު އެ ސިޓީގެ 80 މުއައްސިޒިފުންގެ ވަޒީފާ އާއި މެދު ކަންތައް ވެގެންދާނެ ގޮތް ނޭގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ފުވައްމުލަކުގެ 8 އަވަށުގެ ކައުންސިލްތައް އުވާލާލައްވައި ކައުންސިލަރުންގެ އަދަދު ކުޑަ ކުރުމާއެކު ކައުންސިލް އިދާރާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަކިކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ސިޓީގެ އެހެންމެހާ ރައްޔިތުން ކައުންސިލާއި އެކު އެކަމާއި ކަންބޮޑުވުން ފާޅުކުރުމަށް އޭނާ ގޮވާލިއެވެ.

ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ހަނިކޮށްފައިވާ ކަންކަން އަލުން އަނބުރާ ކައުންސިލަށް ދިނުން ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު