Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ

ރައީސް ޔާމީންވަނީ ފުލުހުންގެ މުއައްސަސާއާއި ދޭތޭރޭ ސުވާލު އުފައްދަވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ޖޫން 2017 | ހޯމަ 17:51
ރޮޒެއިނާ އާދަމް

ރޮޒެއިނާ އާދަމް

ޔާމީން ރަޝީދު މަރާލިކަމަށްބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑިގެން ރޮޒެއިނާ ވިދާޅުވީ ޔާމީން ރަޝީދު މަރާލިކަމަށް ބުނާ 3 މީހުން ފުލުހުން އާންމު ކޮށްފައިވާއިރު އެކަމުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ އެނގެން ޖެހޭ ކަމަށާއި ހަގީގީ މުޖުރިމުން އަދިވެސް ނޭނގޭ ކަމަށެވެ. އަދި މިކަންކަން ތަހުގީގު ކުރާ ފުލުހުންގެ މުއައްސަސާއިން މި ސުވާލު ނުއުފައްދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ މި ކަންތައް ތަހުގީގު ކުރާ މުއައްސަސާއިން ސުވާލު ނުއުފައްދާތީ. އެ ތިން ކުދިން ގެންގޮސްގެން އެ ކުދިން މިސާލަކަށް ޑރ. އަފްރާޝީމްގެ ކޭސްގަ ވެސް ހުމާމް. ހުމާމަށް މަރުގެ އަދަބު ދިނުމުގެ މަރުހަލާގައި އުޅޭއިރުގައި ހުމާމް އެކަން ކުރި ސަބަބެއް ނުވަތަ ކާކު ބުނެގެން ކަމެއް މިހުރިހާ ކަންތައްތައް ސިއްރެއްގެ ގޮތުގައި އޮންނަހާ ހިނދަކު މިފަދަ ކުށްތައް އިތުރު ވެގެން ދާނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

ގާނޫނީ ވަކީލު މައުމޫނު ހަމީދު ހޯމަދުވަހު ނެރުއްވި ބަޔާނަށް އިޝާރާތް ކުރައްވާ ރޮޒެއިނާ ވިދާޅުވީ އެ ބަޔާނުގައި ފާހަގަ ކުރާ އިސްމާއިލް ރަޝީދު ފްރޭމް ކޮށްފައިކަމަށް އާއިލާއިން ބުނާކަމަށާއި އޭނާ ލައްވާ ވަކިގޮތަކަށް އެއްބަސް ކުރުވުމަށް ބުނިކަމަށް އާއިލާއިން ބުނާކަމަށެވެ. އަދި އިސްމާއިލް ރަޝީދު ލައްވާ ފުލުހުން ބުނިގޮތަކަށް ހެކިބަސް ދީފިކަމުގައިވާނަމަ ފުލުހުން އޭނާ ދޫކޮށްލަފާނެކަމަށް ފުލުހުން ބުނާކަމަށް އާއިލާއިން ބުނާކަމަށާއި މިއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މިކަން ކުރުވަނީ ކޮންބައެއްތޯ ބަލަންޖެހޭ. އެހެން ހެދުމުން ހަގީގީ މުޖުރިމުން ގެއްލިގެންދޭ. މައުމޫން ހަމީދު މިއަދު ނެރުއްވި ބަޔާނަށް ބަލާއިރު އާއިލާއިން އެބަ ވިދާޅުވޭ ފްރޭމް ކޮށްފައި ކަމަށް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މަރާލިކަމަށް ބުނާ މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދު. " ރޮޒެއިނާ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ކާނަލް ނާޒިމް ފްރޭމްކޮށްފައިވަނީ ފުލުހުންވެސް ނާޒިމް ހައްޔަރު ކުރުމުގައި ކަންތައްތަކެއް ހިންގައިގެން ކަމަށް ޤަބޫލުކުރެވޭވަރަށް، އާއިލާގެ ތެރެއިން ހެކިތައް ދައްކާފައިވާއިރު ފުލުހުންގެ މުއައްސަސާއި މެދު ސުވާލު އުފެދޭކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންވެސް ފުލުހުންގެ މުއައްސަސާއާއި މެދު ޝައްކު ކުރަންޖެހޭ ހިސާބަށް ވާހަކަތައް ގެންދަވާފައި އެބަހުރިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު