Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔާމީނުގެ މަރުގެ މައްސަލަ

ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން!

ޔާމީން މަރާލި މީހުން އެނގޭ ކަމަށްވެސް ފުލުހުން ބުނި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 20:58
ޔާމީނުގެ ހަށިގަނޑު އެކްސްރޭ ނެގުމަށް ގެންދަނީ

ޔާމީނުގެ ހަށިގަނޑު އެކްސްރޭ ނެގުމަށް ގެންދަނީ

އަނިޔާވެރިގޮތަކަށް މަރާލާފައިވާ، ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޔާމީނު ރަޝީދުގެ ގާތިލުން ކަމަށް ބުނެ ފުލުހުން ހާމަކުރި މީހުން ތިބީ ސިފަ ބަދަލުކޮށްގެން ކަމަށާއި އެމީހުންނަކީ ކޮބައިކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ބައެއް އޮންލައިން ނޫސްތަކުގައި ވަނީ، އެމީހުން ތިބީ ސިފަ ބަދަލު ކޮށްގެން ކަމަށާއި އެމީހުންނަކީ ކޮންބައެއް ކަން އަދި ޔަގީން ނުވާ ކަމަށް ފުލުހުން ޔާމީންގެ އައިލާއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ޔާމީނު ރަޝީދުގެ މަރާއި ގުޅޭ ގޮތުން މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޔާމީން މަރާލި މީހުން ދެނެގަނެވިފައިވާ ކަމަށާއި، ސީސީޓީވީ ފުޓޭޖް ބެލުމުން އެކަން އެނގޭ ކަމަށެވެ. އިންސާފުގެ ކުރިމައްޗަށް އެމީހުން ހާޒިރު ކުރާނެ ކަމަށްވެސް އެދުވަހު ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޔާމީނަށް ހަމަލާދިން މީހުން ސިފަ ބަދަލު ކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް އާ ސުވާލު ކުރުމުންވަނީ، މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި މި މައްސަލަ އަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޔާމީނުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ދެމީހަކު ފެންނަ ސީސީޓީވީ އިން ނަގާފައިވާ ވީޑިއޯއިން ކެޕްޗަރ ކޮށްފައިވާ ދެ ފޮޓޯ އާއްމުކޮށްފަ އެވެ.

ޔާމީން މަރާލި މީހުން އެނގޭ ކަމަށް ކުރިން ފުލުހުން ހާމަ ކުރުމަށްފަހު، މިހާރު އެމީހުން ނޭގޭ ކަމަށް ފުލުހުންބުނާ ޚަބަރު އާއްމު ވުމުން އާއްމުންގެ ގިނަ ބަޔަކު ގެންދަނީ ފުލުހުންނާ އަމާޒުކޮށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ޔާމީން މަރާލި މައްސަލައާއި ގުޅިގެން މިހާތަނަށް މިދެ މީހުންގެ ފޮޓޯ ފިޔަވާއި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ޔާމީން މަރާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އޮފީހުން ގެޔަށް އައިސް ވަތް ވަގުތު ހަމަލާދީގެންނެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ ޚާއްސަ ޓީމެއް އެކުލަވާލާފަ އެވެ.

ޔާމީން އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި، އެތައް ޖަމްއިއްޔާތަކަކުންވަނީ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު