Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނޫނަކޭ ބުނާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2017 | އާދީއްތަ 23:38
އދ. އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން

އދ. އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން

އދ އަތޮޅުގެ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކިބައިން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އދ އަތޮޅުގެ ކެމްޕޭން ހަރަކާތައް ވަރުގަދަ ކުރުމަށް އެމްޑީޕީން އެއަތޮޅުގެ ރަށްތަކަށް ކުރި ދަތުރު ނިންމާލުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަމަލުކުރަމުން އަންނަ އުސޫލުތަކާމެދު ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެ އަތޮޅުގެ ރައްޔިތުން މި ސަރުކާރަށް ނޫނަކޭ ބުނާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައްޔިތުން ތިބީ މި ސަރުކާރު ކިބައިން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށް، ކައުންސިލް އިންތިހާބުގައި މި އަތޮޅުގެ ރައްޔިތުން ސަރުކާރަށް ނޫނަކޭ ބުނާނެ" ނިޔާޒު ވިދާޅުވިއެވެ.

މި ދަތުރުގައި އެމްޑީޕީގެ ވަފުދު ވަނީ މަހިބަދޫ ، ކުބުރަދޫ ، ދިގުރަށް އަދި މާމިގިލީއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާފައެވެ.

އދ އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރަނީ

އޭނާ ވިދާޅުވީ ރައްޔިތުން އެންމެ ކަންބޮޑުވެފައި ވަނީ އަސާސީ ޙިދުމަތް ތަކުގެ އަގު ސަރުކާރުން ބޮޑުކޮށްފައި ވާތީ އެވެ. ދިރިއުޅުމަށްޓަކައި ބޭނުންކުރާ ހުރިހާ ތަކެއްޗެއްގެ ވެސް މިހާރު އަގު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެގޮތުން ކާޑުގެ އަގާއި ކަރަންޓުގެ އަގު ދެ ގުނައަށް ބޮޑުކުރުމުން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ ކުރާ މަސައްކަތް ތަކުން އެކި އެކި ފީތަށް ނަގުމުންދާތީ ލިބޭ އާންމުދަނީ ގިނަ ރައްޔިތުން ދެކޮޅު ނުޖެހޭ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

"ކާޑުގެ އަގު ބޮޑު، ކަރަންޓުގެ އަގު ބޮޑު، މަސްދޯނި ފަހަރުން ނަގާ އެކި އެކި ފީތަށް ބޮޑުވާތީ ދޯނީގެ އޮޑިވެރިން ވަރަށް ކަންބޮޑުވޭ" ނިޔާޒު ވިދާޅުވިއެވެ.

މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހް ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.

އދ އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރަނީ

މީގެ އިތުރުން އެމްޑީޕީގެ ވަފުދު ވަނީ އެ ރަށްތަކުގެ އެޕާޓީގެ މެމްބަރުނާ ބައްދަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބުގައި އދ. އަތޮޅުގެ ރަށްތަކުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި ބައްދަލުކޮށް އިންތިހާބުގައި ކެމްޕޭން ހަރަކާތައް ކުރިއަށް ގެންދާނެ ގޮތާމެދު ވަނީ މަޝްވަރާކޮށްފައެވެ.

ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އިލެކްޝަން ކޮމިޝަނުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވާން އިއުލާން ކުރުމަށް ފަހު، މިހާރު ވަނީ އިންތިހާބު އޭޕްރީލް 15 އަށް ފަސްކޮށްފަ އެވެ. ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކޮށް އެޕާޓީން ވަނީ މިހާރު ރަސްމީކޮށް ކެމްޕޭން ފަށާފައެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އެމްޑީޕީން ފަށާފައި ނުވި ނަމަވެސް އެޕާޓީން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު