Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީގެ ހިޔާނަތް

ޕީޖީ އޮފީހާ ގުޅުވައި ދޮގު ހަބަރު ޖެހުމުން ދިޔަރެސް ނޫހުގެ މައްސަލަ އެމްއެމްސީއަށް ހުށައަޅައިފި

މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ތަހުގީގުކުރުމުގެ ބާރު ލިބިދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖޫން 2020 | އާދީއްތަ 14:16
ފަލަސުރުހީ ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވާހަކަދައްކަވަނީ

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އިރުޝާދުދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އެ އޮފީހުން ބުނެފިއެވެ.

''އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިން މައްސަލަތައް ނުބަލަން ނިންމައިފި" މިސުރުހީގެ ދަށުން ރާއްޖޭގެ ނޫހެއްގައި ޖެހި ޚަބަރު ކުށްވެރިކޮށް ޕީޖީ އޮފީހުން ވަނީ ބަޔާނެއް ނެރިފައެވެ. އެގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް އޮތް ލިޔުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ގާނޫނުތައް ތަރުތީބު ވެފައިވާ ގޮތުން، ތަހުގީގު އިދާރާތަކަކީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ތަހުގީގުކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތައް ކަމަށެވެ. ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާމެދު ގޮތް ނިންމުމާއި، ތަހުގީގު ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ތަހުގީގު އިދާރާތަކުގެ ބާރުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލް ކުރާ ކަމެއް ނޫން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެ ބައި ތަހުގީގު ނުކުރުމަށް، ނުވަތަ އެ މައްސަލައާ ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް އެއޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށް ވިޔަސް އަންގަވާފައެއް ނުވަތަ އިރުޝާދު ދީފައިނުވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މިހާތަނަށް، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއްގައި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ ނުކުރަން ނިންމާފައެއް ވެސް ނުވާ ކަމަށެވެ. އަދި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކާއި، މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ދެމުންދާ އިރުޝާދުތައް ލިޔުމުން ފެންނަން ހުންނާނެ ކަމަށް ބާޔާނުގައި ވެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ މިނިވަން ނޫސްވެރިކަމުގެ މައިގަނޑު އެއް ބަހާއަކީ ދެފަރާތުގެ ބަސް ހިމަނައިގެން، ތެދު ޚަބަރުތައް ޝާއިއު ކުރުން ކަމަށެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނިސްބަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާމެދު އާންމުންގެ މެދުގައި އިތުބާރު ގެއްލޭ ގޮތަށް މީޑިއާއެއްގެ ވެބްސައިޓުގައި ގައި ދޮގު ލިޔުމެއް ޝާއިއު ކުރިއިރު، އެލިޔުމާ ގުޅޭގޮތުން ޕީޖީގެ ބަހެއް ހޯދާފައިނުވާ ކަމަށެވެ. އަދި ބަހެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަން ވެސް ބަޔާނުގައި ފާހަގަކޮށް ޕީޖީން ބުނީ މިއީ ނޫސްވެރިކަމުގެ އެތިކްސްއާއި، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުގެ ހައިސިއްޔަތުން ނިންމާ ނިންމުންތަކަކީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނާއި، ދިވެހި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން އޭގެ ހަގީގީ މާނައިގައި ރައްކާތެރިކޮށް ނެގެހެއްޓުމަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ ގައުމީ މަސްލަހަތު ހިމެނޭ ޖިނާއީ ބޮޑު މައްސަލައެއްކަމުން، މި މައްސަލާގައި ވެސް އދުލު އިންސާފު ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއްވެސް އިސްތިސްނާއެއް ނެތި، ކުރަމުންދާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުގެ މިބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު