Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސައްކަތްތެރިންގެ ހައްގުގައި މުޒާހަރާކުރުން

މަސައްކަތްތެރިންގެ ހައްގުގައި ޓީމްގެ މެމްބަރުން ސިލްސިލާ މުޒާހަރާތަކަށް

20 ޖޫން 2020 | ހޮނިހިރު 13:10

ބިލް އޮތީ ކޮމިޓީ މަރުހަލާގައި

އަލީ ސަމާޚް
އަލީ ސަމާޚް | 20 ޖޫން 2020 | ހޮނިހިރު 13:10
ވަޒީފާއާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއި ދެކޮޅަށް ރަށެއްގައި މުޒާހަރާކުރަނީ

ވަޒީފާއާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއި ދެކޮޅަށް ރަށެއްގައި މުޒާހަރާކުރަނީ

ވަޒީފާއާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މަސައްކަތްތެރިން ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.

ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނީ، ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ފުވައްމުލަކު، ހއ. ދިއްދޫގެ އިތުރުން ބާރަށުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން ތިބީ އެމީހުންގެ ޝުއޫރުތައް ފާޅުކުރުމުގެ ގޮތުން އެކި ކަހަލަ ބޯޑުތައް ހިފައިގެންނެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ބައިވެރިންނަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކެވެ. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިތުރަށް ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޓީމްގެ ކަންބޮޑުވުމަކީ ގާނޫނުގެ 21 ވަނަ މާއްދާ އަށް ހުށައަޅާފައިވާ އިސްލާހުތަކާއި، ސާވިސް ޗާޖަށް ގެންނަ ބަދަލުތަކުގެ އިތުރުން ޕްރޮބޭޝަން އަދި ސިކް ލީވަށް ގެންނަން ހުށައެޅި އިސްލާހުތަކެވެ.

ރާއްޖެ.އެމްވީއާ ވާހަކަދައްކަމުން ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރް ވިދާޅުވީ، އިސްލާހުތަކަށް ބަދަލެއް ނުގެންނަހާ ހިނދަކު މުޒާހަރާ ކުރިޔަށްދާނެ ކަމަށެވެ. އަދި އެ އިސްލާހުތަކަކީ މަޖިލީހަށް ހުށައެޅުމުގެ ކުރިން އެއްވެސް ވަރަކަށް ޓީމްއާ މަޝްވަރާ ކުރެވިގެން ހުށައެޅިފައިވާ އިސްލާހުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޓީމުން ބުނީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާ ކުރެވެނު ކަމަށާއި، އެކަމަކު އެއްވެސް ކަހަލަ ކުރިއެރުމެއް ބޭއްވުނު ބައްދަލުވުންތަކުން ލިބިފައިނުވާ ކަމަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން މުވައްޒަފުންގެ ގިނަ ހައްގުތަކެއްް ގެއްލޭނެތީވެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އިސާ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މީގެ ކުރިން މި ގާނޫނުގައި އޮތް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ތިންމަސް ދުވަހުގެ ބަދަލުގައި ހަތް މަސް ދުވަހަށް އިތުރު ކުރުމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން ހިމެނޭއިރު މުވައްޒަފު ބަލިވެގެން ސަލާމް ބުނާ އުސޫލަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އެގޮތުން، މެޑިކަލް ސެޓްފިކެޓް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް އިސްލާހުގައި ވެއެވެ.

މި އިސްލާހުތަކާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެ އިސްލާހުތައް ފާސްވެގެން ދާނީ ރައްޔިތުންގެ ހިޔާލާ މަޝްވާރާ އެކު ކަމަށް އީސަ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް