Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ

ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ "ދިމާލެއްގެ" ބޭފުޅުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ: ޕީޖީ

19 ޖޫން 2020 | ހުކުރު 07:17

މައްސަލަ ތަހުގީގު ކުރުމަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުގައި ނުހުންނާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 ޖޫން 2020 | ހުކުރު 07:17
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޕީޖީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޕީޖީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަނީ

ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ "ދިމާލެއްގެ" ބޭފުޅުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ތަހުގީގު ހިނގަމުންދާ ވަގުތު އެބޭފުޅުންގެ ވަނަވަރު އާންމު ކުރުމަކީ ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށާއި، ނަމަވެސް ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުންވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ ކަމަށެވެ. ޕީޖީ ވިދާޅުވީ، އޭގެ ތެރެއިން ހުރިހާ ބޭފުޅުންނަށްވެސް ކޮންމެވެސް ވަރަކަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޕީޖީ އޮފީހުން މިހާރު ކުރަމުންދާ މަސައްކަތަކީ އެ ބޭފުޅުންނަށް ލިބުނު ފައިސާގެ މުއާމަލާތަކީ ކޮން ނިޔަތެއްގައި ނެގި ފައިސާއެއްތޯ ހޯދައި، އެކަން ސާފުކުރުމަށް ފަހު ގޮތެއް ނިންމުން ކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ޕާޓީއަށް ނިސްބަތްވާ މެމްބަރުން ޚިޔާނާތުގެ ލިސްޓުގައި ހިމެނިމ އެ ފަރާތްތައް ތަހުގީގުކުރަމުން ދޭތޯ ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ، 260 މީހުންގެ ލިސްޓުގައި ތަފާތު ސިޔާސީ ވެރިން ހިމެނޭ ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޑީއާރްޕީ އަދި ތަފާތު ސިޔާސީ ވިސްނުމަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންވެސް ހިމެނޭ ކަމަށް ޕީޖީ ވިދާާޅުވިއެވެ.

ޕްރޮގުރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، ހެއްވާ މައްސަލައެއް ހިފައިގެން ކޯޓަށް ނުދާނެ ކަމަށެވެ. އެގޮތުން، ސާބިތުކުރެވޭ އަދި އެކަމުގައި ގޯހެއް އޮތްކަން ގަބޫލުކުރެވޭ ކަމުގައި ވާނަމަ، މިހާރުގެ މިނިސްޓަރަކަސް، މަޖިލިސް މެމްބަރަކަސް ދައުވާ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ޕީޖީ ވިދާޅުވީ މިކަމުގައި ކުރީގެ ސަރުކާރުގެ ބަޔަކަށް ވިޔަސް އަދި މި ސަރުކާރުގެ ބަޔަކަށް ވިޔަސް އިސްތިސްނާ ކުރުމެއް ނޯންނާނެ ކަމަށާއި، ދައުވާ ކޯޓަށް ހުށަހެޅުމަށް ޖެހިލުން ނުވާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ، ކޯޓަށް ދެވޭ ވަރަށް ހެކި ނުލިބިއްޖެ ކަމުގައި ވާނަމަ، އެމީހާގެ މައުލޫމާތު ހާމަކޮށް އަބުރު ކަތިލުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝަރީއަތަށް މައްސަލަ ހުށަހެޅޭ ހިސާބަށް ދިއުމުން، ދައުވާކުރާ ސަބަބާއި، ހުރި ހެކިތަކާއި ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހިއްސާ ކުރާނެ ކަމަށެވެ. އަދި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ނިންމާ ހިސާބުން، އެ ބޭފުޅެއް ހުރި މަގާމުން އިސްތިއުފާ ދިނުމާއި، މަގާމުގައި ހުރުމަކީ އެބޭފުޅެއްގެ އަމިއްލަ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އެކި ފެންވަރުގެ 260 ށްވުރެ ގިނަ މީހުން ހިމެނޭއިރު، މި މައްސަލަ ތަހުގީގު ކުރަމުންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ފުލުހުންގެ އިދާރާ ގުޅިގެންނެވެ. ޕީޖީ ވިދާޅުވީ އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ މަންޒަރު ފެންނަމުންދާ ކަމަށާއި، މިހާރު އޮތް ހިތްނުތަނަވަސްކަން ފިލައިގެން ދާނެ ވަރަށް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުގައި ނުހުންނަވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް