Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ކޮވިޑްގެ ހާލަތުގައިވެސް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްދެވުން: މުޣުނީ

16 ޖޫން 2020 | އަންގާރަ 03:22

މުވައްޒަފުން ކުރި މަސައްކަތަށް ވަނީ ޝުކުުރު އަދާކުރައްވާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 ޖޫން 2020 | އަންގާރަ 03:22
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑް ހާލަތުގައިވެސް ރައްޔިތުންނަށް ދޭންބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގައި ފުރަބަންދުވެގެން ހިދުމަތްދިނުމުގައި ދެމި ތިބި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މުޢުނީ ވިދާޅުވީ، އެމުއްދަތުގެ ތެރޭގައި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިމަށާއި، އާއިލާތަކާއި ދުރުގައި ތިބެގެން ކުރި މަސައްކަތައް ވަރަށް ބޮޑު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ސްޓެލްކޯގެ މަސައްކަތަށް އެންމެ ބާރު ބޮޑުވަނީ ހޫނު މޫސުމުގައިކަމަށާއި، ކޮވިޑް ހަލާތުގައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއްކޮށް އެހެން އަހަރުތަކުގެ ހޫނުމޫސުމުގައި ދިމަވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދަދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުޢުނީ އިތުރަށް ވިދާޅުވީ، މިއަހަރުގެ ހޫނު މޫސުމާއި، ރޯދަމަސް ދިމާވި ކަމުގައިވީނަމަވެސް، ކަރަންޓުގެ މައްސަލަތަކެއް ދިމާވެފައިނުވާ ކަމަށާއި، އެ ފަދަ މައްސަލައެއް ދިމާނުވެ، ކަސްޓަމަރުންނަށް ފުރިހަމަޔަށް ހިދުމަތް ދެވުމަކކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސްޓެލްކޯ ހިމެނިގެންދާނީ ކޮވިޑާއި ގުޅިގެން ދިމާވެދާނެ ކަންކަމަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި ކުންފުނިތަކުގެ ތެރޭގައި ކަމަށާއި، އެގޮތުން ފެބްރުއަރީ މަހުން ފަށައިގެން އެކަމަށް ތައްޔާރުވެ އެސްއޯޕީތައް އެކުލަވާލަން ފަށާފައިވާ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރު ވިދާޅުވި އެވެ. އަދި ދުރާލާ އެޅިގެންދިޔަ ފިޔަވަޅުތަކުގެ ނަތީޖާއަކީ މިހާތަނަށް ސްޓެލްކޯގެ އެއްވެސް މުވައްޒަފަކު ކޮވިޑަށް ޕްޒިޓިވް ނުވުން ކަމަށެވެ.

މުޣުނީ ވިދާޅުވީ ހޯމަ ދުވަހުގެ ހަވީރު 6 ޖެހުމާއި ހަމަޔަށް ފުރަބަންދުގައި ތިބި މުވައްޒަފުން ސްޓެލްކޯގެ ލޮކްޑައުންގައި 59 ނުވަ ދުވަސް ނުވަތަ 8 ހަފްތާއާއި އިތުރު 3 ގަޑި އިރު ހޭދަކޮށްފި ކަމަށާއި، އެއީ ވަގުތުން ބުނާނަމަ 85 ހާސް ގަޑި އިރުކަމަށެވެ. އަދި އެކަން މިނެކިރާނީ ކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުން ކަމަށް މުޢުނީ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ގައުމު މިދެކޭ ދުވަސްތަކަކީ ދަތި ދުވަސްތަކެއް ކަމަށާއި، މި ދުވަސްތަކުން އަރައިގަނެ ފަސޭހަ އަދި އުފާވެރި ދުވަސްތަކަކަށށް ގައުމު އަލިވިލޭނީ، އެންމެންގެ މިންނެތް މަސައްކަތުން ކަމަށް މުޣުނީ ވިދާޅުވި އެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން ވަނީ އެކަން ސާބިތުކޮށްދީފައިކަމަށާއި، އެކަމަށްޓަކައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް