Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ރަޝިޔާގެ ހާލަތު

ރަޝިޔާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތަކާމެދު ސުވާލުތަކެއް

ޝިޔާގައި ވައިރަސް ޖެހިގެން މަރުވެފައިވަނީ 6,715 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖޫން 2020 | އާދީއްތަ 03:19
ރަޝިޔާގެ ރިސަރޗް އިންސްޓިޓިއުޓް އޮފް އެމަރޖެންސީ ކައިރީ އެމްބިޔުލެންސެއް ކިޔުގައި ޖެހިފައި

ރަޝިޔާގެ ރިސަރޗް އިންސްޓިޓިއުޓް އޮފް އެމަރޖެންސީ ކައިރީ އެމްބިޔުލެންސެއް ކިޔުގައި ޖެހިފައި

ރަޝިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ދަށަށްނުދާ ކަމަށް އެގައުމުގެ ސްޓޭޓިސްޓިކްސް ތަކުން ދައްކައިފި އެވެ.

ރަޝިޔާގައި ހޮނިހިރު ދުވަހު އަލަށް 8706 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އޭގެކުރީ ދުވަހު 8,987 މީހުންނަށް ވަނީ އަލަށް ވައިރަސް ޖެހިފައެވެ. ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ ރަޝިޔާ އެވެ. ރަޝިޔާގައި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 511,423 (ފަސް ލައްކަ އެގާރަ ހާސް ހަތަރު ސަތޭކަ ތޭވީސް) އެވެ. ޑާޓާ ތަކުން ދައްކާގޮތުގައި ރަޝިޔާގައި އޭޕްރީލް މަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 2700 މީހުންނެވެ.

ވައިރަސް ފެތުރޭ އެހެން ގައުމުތަކާއި ޚިލާފަށް ރަޝިޔާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ ވަރަށް ބޮޑުތަނުން މަދުންނެވެ. ރަޝިޔާގައި މިހާރު ވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ 6,715 އެވެ.

ރަޝިޔާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް މަދުވުމުން ރަޝިޔާއިން ރަނގަޅަށް ރިކޯޑްތައް ބަލަހައްޓަމުންނުދާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިންވެސް ބުނެފައިވަނީ މަރުވެގެން ރިޕޯޓްކުރަމުންދާ އަދަދު ދަށްވުމަކީ ގަބޫލުކުރަން އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެގައުމުގެ ރަސްމީ ޑާޓާތަކުގައި މައްސަލައެއް ނޫޅޭކަމަށް ބުނެފަ އެވެ.

ރަޝިޔާގެ ސްޓޭޓް ސްޓެޓިސްޓިކްސް ސަރވިސް އިން ހޮނިހިރު ދުވަހު ނެރެފައިވާ އަދަދުތަކަށް ބަލާއިރު ވައިރަސް ޖެހިގެން އޭޕްރީލް މަހު މަރުވެފައިވަނީ 2712 މީހުންނެވެ. މިޑާޓާއިން ފެންނަ ގޮތުގައި 1660 މީހުން މަރުވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އެމީހުންނަށް ޖެހުމެވެ.

އެހެންނަމަވެސް މިޑާޓާތަކަކީ މީގެކުރިން ރަޝިޔާގެ ކޮރޯނާވައިރަސް ޓާސްކް ފޯހުން ހާމަކުރި އަދަދު ތަކަށްވުރެ މަތީ އަދަދުތަކެވެ. ޓާސްކް ފޯހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އޭޕްރީލް މަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 1145 މީހުންނެވެ.

ހޮނިހިރު ދުވަހު އެގައުމުގެ ބޮޑު ވަޒީރު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވައިރަސް ޖެހިގެން މަރުވަމުންދާ މީހުންގެ އަދަދުތައް އަލުން ބަލަންޖެހިދާނެ ކަމަށެވެ.

މޮސްކޯގެ ހެލްތު ޑިޕާޓްމަންޓުން ވަނީ މެއި މަހު އެގައުމުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދުތައް ނެރެފަ އެވެ. އެއަދަދުތަކުގެ ތެރޭގައި އެހެން ބަލިތަކުގެ ސަބަބުން މަރުވަމުންދާ މީހުންވެސް ވަނީ ހިމަނާފަ އެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

07 ޖޫން 2017
އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު