Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: އިންޑިއާގެ ހާލަތް

އިންޑިއާގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 280،000 ވުރެން މައްޗަށް!

11 ޖޫން 2020 | ބުރާސްފަތި 07:49

އިންޑިއާއިން ފާއިތުވެ ދިޔަ 24 ގަޑީއިރު 9،996 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 11 ޖޫން 2020 | ބުރާސްފަތި 07:49
އިންޑިއާގެ ފަގީރު ސަރަހައްދެއްގައި މީހުން ދިރިއުޅެމުންދާ ހާލަތް

އިންޑިއާގެ ފަގީރު ސަރަހައްދެއްގައި މީހުން ދިރިއުޅެމުންދާ ހާލަތް | އަލްޖަޒީރާ

ފާއިތުވި 24 ގަޑިއިރު އިންޑިއާއިން 9,996 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާއިރު، މިިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ކޭސްތައް ރިކޯޑު ކުރެވުނު ދުވަސްކަމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

އިންޑިއާގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ޙަވަލާދީ އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިންޑިއާއިން ފާއިތުވެ ދިޔަ 24 ގަޑީއިރު 9،996 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 2357 މީހުން ވަނީ މަރުވެފަ އެވެ. މިއާއެކު އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 286,579ށް އަރާފަ އެވެ. އަދި ފާއިތުވެގެންދިޔަ 24 ގަޑިއިރު 357 މީހަކު މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވާއިރު، މިއީ އެންމެ ގިނަ އަދަދަކަށް އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން މީހުން މަރުވި ދުވަހެވެ.

އެއާއިއެކު މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 8،102ށް އަރާފައެވެ. މިހާރުވެސް އެ ޤައުމުގައި 138,069ށް ފަރުވާދެމުން ދާއިރު، ފަރުވާދީގެން 140،979 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

އިންޑިއާ އަކީ މުޅި ދުނިޔެއަށް ބަލާއިރު 5 ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޤައުމެވެ. އިންޑިއާގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ މަހާރާޝްތުރާ، ޓެމިލްނާޑޫ، އަދި ގުޖުރާތު ސްޓޭޓުންނެވެ.

އެންމެ ގިނަ ޢަދަދަކަށް ވައިރަސްއަށް މީހުން ޕޮޒިޓިވްވި މާހާރާޝްތުރާ ސްޓޭޓުން 94،041 އަދި ޓެމިލްނާޑޫ ސްޓޭޓުން 36،541 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އަދި ވެރިރަށް ނިއު ދިއްލީން 32،810، ގުޖުރާތު ސްޓޭޓުން 21،521، ރާޖެސްތާން ސްޓޭޓުން 11،600 އަދި އުއްތަރު ޕްރަދޭޝުން 11،610 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އެންމެ ގިނަ އަދަދަކަށް މީހުން މަރުވީ ވެސް މަހާރާޝްތުރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން 3،438 މީހުން މަރުވެފައި ވާއިރު ދެވަނަޔަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ގުޖުރާތު ސްޓޭޓުންނެވެ. އެއީ 1،347 މީހުންނެވެ. މީގެ އިތުރުން ވެރިރަށް ނިއު ދިއްލީން 984 މީހުން މަރުވެފައި ވާއިރު، މާދްޔާ ޕްރަދޭޝް ސްޓޭޓުން 427 މީހުން އަދި ވެސްޓް ބެންގާލް ސްޓޭޓުން 432 މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް